ށ. މިލަންދޫގައި ފެށުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ މިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން، މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަންގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިލަންދޫ ކައުންސިލުން މައުލޫމާތުދެއްވާ ގޮތުގައި، މިއީ މިލަންދޫގައި ބެޑްމިންޓަން ކުޅިވަރު ދިރުވައި އާލާކުރުމަށާއި، މި ކުޅިވަރަށް ޝައުޤުވެރިވާ ފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމުގެ މަޤްޞަދުގައި ރާވާފައިވާ ޕްރޮގްރާމެކެވެ.
ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މިލަންދޫ ސްކޫލް ދަރިވަރުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށް އެ ކައުންސިލުން ހާމަކުރެއެވެ.
2026 ނޮވެމްބަރ 30 ވަނަ ދުވަހުން ފެށިގެން 8 ދުވަހުގެ މުއްދަތަށް އޮންނަ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މަހުގެ 28ވަނަ ދުވަހުގެ 23:59ގެ ކުރިން މިލަންދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޢާންމުކޮށްފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމު ފުރުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!