މޯލްޑިވްސް ޕޫލް ބިލިޔާޑް އެސޯސިއޭޝަންގެ "9 ބޯލް އެސޯސިއޭޝަން ކަޕް 2026" ގެ ފަޚުރުވެރި ޗެމްޕިއަންކަން ށ. ފޯކައިދޫ މުޙައްމަދު ޝަރީފް ހޯދައިފިއެވެ.

މިމަހުގެ 24ވަނަ ދުވަހުގެ ރޭ ނޭޝަނަލް ބިލިޔާޑް ސެންޓަރުގައި އޮތް ފައިނަލް މެޗުގައި ހަސަން ޝާޒްއާ ވާދަކޮށް، މޮޅުވެ، މުޙައްމަދު ޝަރީފް ވަނީ ޗެމްޕިއަން ތަށި އުފުލާލައިފައެވެ.

މި ކާމިޔާބީއާ ގުޅިގެން، މުޙައްމަދު ޝަރީފް ހޯދި ފަޚުރުވެރި ކާމިޔާބީއަށްޓަކައި، ފޯކައިދޫ، ކައުންސިލާއި މުޅި ފޯކައިދޫގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ނަމުގައި ނުހަނު އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މަރުޙަބާ ދަންނަވާފައެވެ. އަދި ކުޅިވަރުގެ މައިދާނުގައި ޝަރީފް ދައްކުވައިދިން މޮޅު ހުނަރާއި ސާބިތުކަމަށްޓަކައި މުޅި ރަށް ފަޚުރުވެރިވާ ކަމަށްވެސް ކައުންސިލުން ފާހަގަކުރިއެވެ.

މީގެއިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ކުޅިވަރުގެ ދާއިރާއިން ޝަރީފަށް އިތުރު ރަންވަނަތަކާއި ބޮޑެތި ކާމިޔާބީތައް ހާސިލުވުމަށް އެދި ހެޔޮދުޢާ އަރިސްކުރާ ކަމަށްވެސް ފޯކައިދޫ ކައުންސިލުން ބުނެފައިވެއެވެ.

އަންގާރަ ދުވަހު އޮތް "9 ބޯލް އެސޯސިއޭޝަން ކަޕް 2026"ގެ ފައިނަލްގައި މުހައްމަދު ޝަރީފާއި ވާދަކޮށް ރަނަރަޕްގެ މަގާމު ހޯދާފައި ވަނީ ހަސަން ޝާޒް އެވެ.