އޮސްޓްރޭލިއާގެ ސެނެޓަރު ފާޠިމާ ޕޭމަން، އޭނާގެ ތުއްތު ދަރަނބަލުން އާލިޔާ (އާލިއާ) އުރައިގެން ސެނެޓް ޗެމްބަރަށް ވަޑައިގެން ތަޤުރީރުކުރެއްވުމާ ގުޅިގެން ގިނަ ބައެއް ސަމާލުކަން ލިބިއްޖެއެވެ.
މި ހާދިސާ ވެގެންދިޔައީ މައިންވަމުގެ ޒިންމާތަކާއި މަސައްކަތުގެ މާޙައުލުގެ ޒިންމާތައް އެއްހަމަކުރުމުގައި މަސައްކަތްތެރި މައިންނަށް ކުރިމަތިވާ ގޮންޖެހުންތައް ރަމުޒުކޮށްދިން ކަމަކަށެވެ.
ވެސްޓަން އޮސްޓޭލިއާ ތަމްސީލުކުރައްވާ ސެނެޓަރު ފާޠިމާ ވަނީ ތުއްތު ދަރިކަނބަލުން އުރައިގެން ހުންނަވައި ''ފެޑެރަލް ސަރުކާރުގެ އޮންއިން ސޭފްޓީ އެމެންޑމެންޓް'' (ޑިޖިޓަލް ޑިއުޓީ އޮފް ކެއަރ) ބިލް 2026 އަށް ބަހުސްކުރަށްވާފައެވެ. މި ބިލަކީ ބޮޑެތި ޓެކްނޮލޮޖީ ޕްލެޓްފޯމްތައް އޮންއިން ގެއްލުންތަކަށް ޒިންމާދާރުކުރުވުމަށް ހުށަހަޅާފައިވާ ބިލެކެވެ.
މި ހިތްގައިމު މަންޒަރާއިމެދު ޝުޢޫރުފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ މި މަންޒަރު ދައްކުވައިދިނީ މަސައްކަތްތި މައިން ދަރިންގެ ކަންކަން ބަލަހައްޓަމުން ފަންނީ އަދި ސިޔާސީ ޒިންމާތައް އަދާކުރާ މިންވަރުކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތަކުން އެއްކިބާވުމުގެ ބަދަލުގައި، ބަހުސް ކުރިއަށްދިޔަ ވަގުތު ދަރިފުޅު ގޮވައިގެން އިންނެވުން ވެގެންދިޔައީ އޭނާގެ ދެ ޒިންމާ ވެސް އެއްވަރަކަށް އަދާކުރެއްވި ކަމުގެ ހެއްކަކަށް އެމީހުން ބުނެފަވެއެވެ.
ފާޠިމާ ޕޭމަން އަކީ އޮސްޓްރޭލިއާގެ ފެޑެރަލް ޕާލަމެންޓުގައި ދަރިން ބެލެހެއްޓުމުގެ ކަންކަން އާންމު އުސޫލެއްގެ ތެރެއަށް ގެނައުމަށް ވަކާލާތުކުރައްވަމުން ގެންދެ ބޭފުޅެކެވެ. މި އަހަރުގެ ކުރީކޮޅު އޭނާ ވަނީ މަޤާމުގައި ހުންނެވި ދުވަސްވަރު ކުއްޖަކު ވިހެއި ވެސްޓަން އޮސްޓްރޭލިއާގެ ފުރަތަމަ ސެނެޓަރުގެ މަޤާމު ހޯއްދަވައި ތާރީޚުން ޖާގަ ހޯއްދަވާފައެވެ.A powerful reminder of the sacrifice of motherhood. Ma’Sha’Allah, a Muslim mother balancing her sacred role with public service. ❤️ https://t.co/yllopRu4Hj
— Allah Islam Quran (@AllahGreatQuran) November 24, 2026
ކުޑަކުދިން ބެލުމާއި ގޮންޖެހުން ބޮޑު ކެރިއަރެއް ބެލެހެއްޓުމުގައި އަންހެނުންނަށް ކުރިމަތިވާ ޕްރެޝަރު ކުޑަކޮށް، މަސައްކަތުގެ މާޙައުލަކީ ބެލެނިވެރިންނަށް، ޚާއްޞަކޮށް މައިންނަށް ފަހި މާޙައުލަކަށް ހެދުމަށް މިފަދަ ކަންކަން މަގުފަހިކޮށްދޭކަން އޭނާގެ މި ޢަމަލުން ހާމަވެގެންދިޔައެވެ. މީގެ ކުރިން ދެއްކެވި ވާހަކަފުޅެއްގައި އޭނާ ވިދާޅުވެފައި ވަނީ "މައިންވަމަކީ ޕާލަމެންޓަށްޓަކައި މަޑުޖެހިލައިގެންދާނެ ކަމެއް ނޫން" ކަމަށާއި، މަސައްކަތް ކުރަމުން ދަރިއަކު ބޮޑުކުރުމުގައި ހުރި ވަރުބަލިކަމާއި ގޮންޖެހުންތަކުގެ ވާހަކަ އޭނާ ފާހަގަކުރައްވާފައިވެއެވެ.
އަފްޣާނިސްތާނަށް އުފަންވެވަޑައިގެން ކުޑަ ކުއްޖެއްގެ ގޮތުގައި އާއިލާއާ އެކު އޮސްޓްރޭލިއާއަށް ހިޖުރަކުރެއްވި ފާޠިމާ، ސެނެޓަށް ހޮވިވަޑައިގަތީ 2022 ވަނަ އަހަރު ލޭބަ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. އެއީ އޮސްޓްރޭލިއާގެ ޕާލަމެންޓަށް އޭރު އިންތިޚާބުކުރެވުނު އެންމެ ޒުވާން މުސްލިމް އަންހެން މެންބަރުގެ ގޮތުގައެވެ. ފަހުން ލޭބަ ޕާޓީ ދޫކުރެއްވުމަށްފަހު އޭނާ ވަނީ 'އޮސްޓްރޭލިއާސް ވޮއިސް' ގެ ނަމުގައި މިނިވަން ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!