ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ހޯދަމުން ދިޔަ ހއ. ދިއްދޫ، އާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމް މިއަދު ފެނިއްޖެއެވެ.
މިއަދު މެންދުރު 12:04 ގައި ފުލުހުން މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިރުކޮޅެއްކުރިން އިކްރާމް ހުޅުމާލެއިން ފެނިފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އިކްރާމް ގެއްލުމުގެ ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.
އިކްރާމް ހޯދަންފެށީ ނޮވެމްބަރު 11 އިން ފެށިގެން ޢާއިލާއަށް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެންނެވެ. އިކްރާމް ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން އެދުނީ އިއްޔެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!