ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި މިއަދު ފަށައިފިއެވެ.
ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން މިއަދު ވިދާޅުވީ، އާރުޓީއެލް އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި މިއަދު ފެށިއިރު ހަތް ރޫޓަކުން މި ދަތުރުތައް ކުރިއަށް ދާނެކަމަށެވެ.
އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ށ. އަތޮޅު ވެގެންދާނީ ފުރަތަމަ ފިޔަވަހީގެ ދަށުން އާރުޓީއެލްގެ ފެރީގެ ހިދުމަތް ފަށާ ތިން ވަނަ އަތޮޅަށެވެ. ށ. އަތޮޅުގައި އާރުޓީއެލްގެ ދަތުރުތައް ފެށުމަށް ފެރީތައް އެ އަތޮޅަށް ފޮނުވީ މިދިޔަ އާދީއްތަ ދުވަހުއެވެ. މިގޮތުން އެ ދުވަހު ވަނީ ހަތަރު ލޯންޗެއް އެ އަތޮޅަށް ފޮނުވާފައެވެ.
މުޅި ރާއްޖެ ދަތުރުފަތުރުުން ގުޅާލުމަށް ސަރުކާރުން ހިންގާ އާރުޓީއެލް ފެރީގެ ހިދުމަތް މިހާރު ފަށާފައި ވަނީ ހއ. އާއި ހދ. އަތޮޅުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!