ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން(އެސްޓީއޯ)އިން ސްޕޮންސަރކޮށް ކުރިއަށްގެންދިޔަ ”އެން އަޕްޑޭޓް އޮން ޓްރާންސްފިއުޝަން މެޑިސިން” ހޯމަ ދުވަހު ނިންމާލައިފިއެވެ.

ޓްރޭނިންގ އާއި ސީ.އެމް.އީ ހިމެނޭގޮތަށް ހޮޓެލް ޖެންއާއި އައި.ޖީ.އެމް.އެޗްގެ އޯކިޑް ހޯލުގައި ކުރިޔަށް ގެންދިޔަ ސެޝަން ތައް ބާއްވާފައިވަނީ މިމަހުގެ 19 ން 21ގެ ނިޔަލަށެވެ.

Ad
rt

މިއީ އައި.ޖީ.އެމް އެޗް ގެ ލެބޯޓްރީ މެޑިސިން، ނޭޝަނަލް ހެލްތު ކެއަރ އެކަޑެމީ އަދި އޭޝިއަން އެސޯސިއޭޝަން އޮފް ޓްރާންސްފިއުޝަން މެޑިސިންއިން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ. މީގެ އިތުރުން މި ޕްރޮގްރާމް ސްޕޮންސަރ ކޮށް އިންތިޒާމްކުރުމުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުންވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މިސެޝަންތަކުގައި ޓްރާންސްފިއުޝަން އެންޑް ޕޭޝަންޓް ކެއަރ، ގައި ނަރުހުންނަށް ކޮންމެހެން އެނގެންޖެހޭނޭ ކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަނެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން “ޓްރޭނިންގ ޕްރޮގްރާމް އޮން ކްލިނިކަލް ޓްރާންސްފިއުޝަންއެންޑް ލެބޯޓްރީ ޕްރެކްޓިސަސް” ގެ ނަމުގައި ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށް ޚާއްޞަކޮށްގެންވެސް ވަނީ ސެޝަންއެއް ކުރިއަށް ގެންގޮފައެވެ.

މީގެ އިތުރުން ޓްރާންސްފިއުޝަން ޕްރެކްޓިސަސްގެ އަޕްޑޭޓްތަކާއި ބެހޭގޮތުން ޑޮކްޓަރުންނަށް އެނގެންޖެހޭ ބައިތަކަށް ޚާއްޞަ ކޮށްގެންވެސް ޑޮކްޓަރުންނަށް ޚާއްޞަ ސެޝަންތަކެއްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

ޑޮކްޓަރުންނާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓުން އަދި ނަރުހުންނާއި އެކު 150 އެއްހާ ބޭފުޅުން މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފައިވާއިރު މި ސެޝަން ތަކުގައި އައި.ޖީ.އެމް.އެޗް ގްރޫޕް އޮފް ހޮސްޕިޓަލްސް، މޯލްޑިވިއަން ބްލަޑް ސަރވިސް، ހުޅުމާލޭ ހޮސްޕިޓަލް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ފުވައްމުލަކު ހޮސްޕިޓަލް، އޭ.ޑީ.ކޭ، ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ ބެފުޅުން ބައިވެރިވިއެވެ.