ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީ އާއި، އިންޑިއާ ހައި ކޮމިޝަނުން ރާއްޖޭގައި ބޭއްވި ހަރަކާތުގެ މައްސަލަ ވަރަށް ބޮޑުވެފައި ވަނިކޮށް މީހަކު މިނިސްޓަރަށް މެސެޖުކޮށް މަރުގެ އިންޒާރު ދީފައި ހުރި ފޮޓޯތަކެއް މިނިސްޓަރ ވަނީ އާންމުކުރައްވާފައެވެ.
އެ ފޮޓޯތަކުން ފެންނަނީ މިނިސްޓަރ ގެ ފޯނަށް އެމީހާ ކޮށްފައިވާ މެސެޖުތަކެކެވެ. އޭގައި އޭނާ ވަނީ މިނިސްޓަރ "އަތު ޖެހުނު ނަމަ ނޮޅާލާނެ" ކަމަށާއި، އާއިލާގެ ދުވަސް ވެސް ދުއްްވާލާނެ ކަމަށް ބުނެ އެއީ "ގަދަ ފަދަ އިންޒާރެއް" ކަމަށް ވެސް ބުނެފައެވެ.
އަބަދު މިނިސްޓަރ ކަމުގައި ނުހުރެވޭނެ ކަމަށް ބުނެ އެމީހާ ފޮނުވާފައިވާ މެސެޖުތައް އާންމުކޮށް މަހުލޫފް ވިދާޅުވީ މިނިސްޓަރ ކަމަކީ މާ ބާރުގަދަ ކަމެއް ނޫން ކަމަށާއި، ބިރު ދައްކައިގެން އެއްވެސް ނަތީޖާއެއް ހާސިލް ނުވާނެ ކަމަށެވެ.
ތިޔަކަހަލަ ކޮހެއްގެއަތުން މަރުވެއްޖެޔާ ޔަގީނުންވެސް އަޅުގަނޑު ވާނީ ޝަހީދަކަށް.
މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން ޔަގީންވި ނަމަވެސް މިކަމާ ގުޅޭގޮތުން އަދި ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ. ޔޯގާ ދުވަހުގެ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ އެތަނުގައި ތިބި މީހުންނަށް ހަމަލާދީފައިވާއިރު، އެކަން ހިނގާފައި ވަނީ މިނިސްޓަރ މަހުލޫފް ޕޯޑިއަމް ގައި ވާހަކަދައްކަވަނިކޮށެވެ.
އެ މައްސަލާގައި މިހާތަނަށް 9 މީހަކު ހައްޔަރުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!