ބިލެތްފަހީގައި ރައްކާތެރި ގޮތުގައި ކަރަންޓް ބޭނުންކުރަން ދަސްކޮށްދިނުމަށް ޕްރޮގްރާމެއް ހިންގައިފި

photo_2022-06-19_22-33-08

ރައްކާތެރި ގޮތުގައި ކަރަންޓް ބޭނުންކުރުން - ހޭލުންތެރި މުޖުތަމައު މި ޝިޢާރުގެ ދަށުން ށ. ބިލެތްފަހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބިލެތްފަހި ކައުންސިލާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގުޅިގެން ޕްރޮގްރާމެއް ހިންގައިފިއެވެ.

ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ބިލެތްފަހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޚަދީޖާ މޫސާ ވިދާޅުވީ އެ ރަށުގައި ކުރިޔަށް ގެންދިޔަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް “ރައްކާތެރި ގޮތުގައި ކަރަންޓް ބޭނުންކުރުމުގެ ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ވެސް ހަވާލުކޮށްފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގައި ތިރީސް ކަނބަލުން ބައިވެރިވިއިރު މި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށް ކޮމެޓީގެ ރައީސާ ވިދާޅުވިއެވެ.

ރައްކާތެރި ގޮތުގައި ކަރަންޓް ބޭނުންކުރަން ދަސްކޮށްދިނުމަށް ކަނބަލުންނަށް ޚާއްޞަކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ވަރަށް ރަނގަޅު މަޢުލޫމާތު ތަކެއް ލިބުނު އިރު އެހާމެ ޝައުގުވެރި ކަންކަން ތަޖުރިބާ ކުރެވި ދަސްވެގެން ދިޔަ ކަމަށް ބިލެތްފަހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޚަދީޖާ މޫސާ ވިދާޅުވިއެވެ.

އެގޮތުން މި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުގެ ފީޑްބެކް ވަރަށް ރަނގަޅު ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ޕްރޮގްރާމްތައް ކަނބަލުންނަށް ޚާއްޞަކޮށް ކުރިއަށް ގެންދަވާނެ ކަމަށް ނައިބު ރައީސާ ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި