ކުޅުދުއްފުށީ ސިޓީގައި ހުންނަ އަފީފުއްދީން ސްކޫލުގައި ތިން ފަންގިފިލާގެ އިމާރާތެއް އަޅަން މިއަދު ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު މިނިސްޓްރީ އޮފް އެ ޑިޔުކޭޝަންގައެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނި ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ.
މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ތަމްސީލް ކުރަށްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަސް ތެރޭގައި ނިންމާގޮތަށް، 7,676,348.33 ރުފިޔާއަށެވެ.
މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އިތުރު ދެ ސްކޫލެއްގައި އިމާރާތްތަކެއް އަޅަން ވެސް ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!