Skip to main content
Topic Archive

#އަފީފުއްދީން ސްކޫލް

10 Stories filed
ކުޅުދުއްފުށީ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން ކޯސްޓްގާޑު ޝިޕް ''އިމާދުއްދީން''އަށް ޒިޔާރަތްކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން ކޯސްޓްގާޑު ޝިޕް ''އިމާދުއްދީން''އަށް ޒިޔާރަތްކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލެއްގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް “އިމާދުއްދީން”އަށް ހާއްސަ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގައި ބައިވެރިވެފައިވަނީ ކުޅުދުއްފުށީގެ ޖަލާލުއްދީން ސްކޫލާއި، އަފީފުއްދީން ސްކޫލް އަދި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. ސެޕްޓެންބަރު 25 ވަނަ ދުވަހު ކުރިއަށްދިޔަ މި ޒިޔާރަތުގައި އެ ތިން ސްކޫލުން ޖުމްލަ 96 ދަރިވަރުން ބައިވެރިވިއެވެ. އަދި ދަރިވަރުންނާއެކު އެ ސްކޫލްތަކުގެ 12 މުދައްރިސުންވެސް ވަނީ ކޯސްޓްގާޑު ޝިޕް އިމާދުއްދީނަށް ޒިޔާރަތްކޮށްފައެވެ...

އަފީފުއްދީން ސްކޫލުގެ ގާލް ގައިޑާއި ސްކައުޓް ކޭމްޕުގެ ދަރިވަރުންނަށް ފުލުހުން ސެޝަންތަކެއް
Thiladhunmathi News

އަފީފުއްދީން ސްކޫލުގެ ގާލް ގައިޑާއި ސްކައުޓް ކޭމްޕުގެ ދަރިވަރުންނަށް ފުލުހުން ސެޝަންތަކެއް

ހދ. ހަނިމާދޫގައި ކުރިއަށްދިޔަ އަފީފުއްދީން ސްކޫލުގެ “ގާލް ގައިޑް ކޭމްޕު”ގެ ދަރިވަރުންނަށް މުހިންމު ދެ ސެޝަނެއް ފުލުހުނަ ކުރިއަށް ގެންގޮސްދީފައިވެއެވެ. ހދ ޕޮލިހުން ހާމަކުރި ގޮތުގައި، އަފީފުއްދީން އަފީފުއްދީން ސްކޫލުގެ “ގާލް ގައިޑް ކޭމްޕު”ގެ ބައިވެރިންނަށް ޓީމް ބިލްޑިންގ ސެޝަނެއް، ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ވަނީ ކުރިއަށް ގެންގޮސް ދީފައެވެ. މި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނުގައި، ޖުމްލަ 47 ދަރިވަރުން ބައިވެރިވެފައިވެއެވެ. މިފަދަ ޕްރޮގްރާމްތަކަކީ، ދަރިވަރުންގެ މެދުގައި ލީޑަރޝި...

ބޮޑު ތިލަދުންމަތީގެ ފަސް ސްކޫލެއްގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި
Raajje

ބޮޑު ތިލަދުންމަތީގެ ފަސް ސްކޫލެއްގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި

ބޮޑު ތިލަދުންމަތީގެ ފަސް ސްކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ހއ. އިހަވަންދޫ ސުކޫލާއި، ހއ. އަތޮޅު ތައުލީމީ މަރުކަޒާއި، ކުޅުދުއްފުށި ސިޓީ އަފީފުއްދީން ސުކޫލާއި، ޖަލާލުއްދީން ސުކޫލުގެ އިތުރުން ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. މި ފެބުރުވަރީ މަހުގެ 7 އިން 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމަށް ވަކިވަކި ރަސްމިއްޔާތުތަކެއް ވަނީ ބާއްވާފައެވެ. އެގޮތުން ކުޅު...

އަފީފުއްދީން ސްކޫލުގެ ދަރިވަރުން ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި
Raajje

އަފީފުއްދީން ސްކޫލުގެ ދަރިވަރުން ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި

ކުޅުއްފުށީ އަފީފުއްދީން ސްކޫލުގެ ސްޓާރ ދަރިވަރުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަަށް ޒިޔާރަތްކޮށްފި އެވެ. މިއަދު ހެނދުނު ކުރި ޒިޔާރަތުގައި، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް ދައްކާލައި، އެ އާލާތްތަކާ ބެހޭ މަޢުލޫމާތު ވަނީ ދަރިވަރުންނަށް ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން ހަށިގަނޑުގައި އަލިފާން ރޯވެއްޖެ ހާލަތެއްގައި، ރައްކާތެރިވުމުުގެ ގޮތުން ހަރަކާތްތެރިވާނެގޮތުގެ ޑެމޮންސްޓްރޭޝަން ހުށަހަޅައިދީފައި ވެއެވެ. އަދި އަލިފާނުގެ...

އަފީފުއްދީން ސްކޫލުގައި 3 ފަންގިފިލާގެ އިމާރާތެއް އަޅަން ހަވާލުކޮށްފި
Thiladhunmathi News

އަފީފުއްދީން ސްކޫލުގައި 3 ފަންގިފިލާގެ އިމާރާތެއް އަޅަން ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީގައި ހުންނަ އަފީފުއްދީން ސްކޫލުގައި ތިން ފަންގިފިލާގެ އިމާރާތެއް އަޅަން މިއަދު ހަވާލުކޮށްފިއެވެ. މި  މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު މިނިސްޓްރީ އޮފް އެ ޑިޔުކޭޝަންގައެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނި ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ތަމްސީލް ކުރަށްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަސް ތެރޭގައި ނިންމާގޮތަށް، 7...

އަފީފުއްދީން ސްކޫލްގެ 25 ކެޑޭޓަކަށް މަގާމުގެ ކުރިއެރުން ދީފި
Thiladhunmathi News

އަފީފުއްދީން ސްކޫލްގެ 25 ކެޑޭޓަކަށް މަގާމުގެ ކުރިއެރުން ދީފި

ކުޅުދުއްފުށީ ސިޓީގެ ޢަފީފުއްދީން ސްކޫލްގެ 25 ކެޑޭޓަކަށް މަގާމުގެ ކުރިއެރުން ދީފިއެވެ. އަފީފުއްދީން ސްކޫލްގެ ކެޑޭޓް ދަރިވަރުންނަށް މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު އޮތީ މިމަހުގެ 22 ވަނަ ދުވަހު ހަވީރު 16:00 ގައި އެ ސްކޫލްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ގައުމީ ދިފާއީ ބާރުގެ ނޯދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ނާޒިމް އެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަށް އަފީފުއްދީން ސްކޫލްގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. އެ ސްކޫލްގެ […]

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި 08 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި 08 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި 08 ކުލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން 30 އޯގަސްޓް 2021 ގައި ކޮށްފައިވާ އިޢުލާނުގައި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ 8 ކުލާސް ރޫމްގެ އިތުރުން ސ. މަރަދޫފޭދޫ އިރުޝާދިއްޔާ ސްކޫލުގައި 12 ކްލާސްރޫމާއި ލެބް އަދި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތާއި، ސ.އަތޮޅު މަދަރުސާގައި 06 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސަ...

އަފީފުއްދީން ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އިފްތިތާހުކޮށްފި
Thiladhunmathi News

އަފީފުއްދީން ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އިފްތިތާހުކޮށްފި

ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އިފްތިތާހުކޮށްފި އެވެ. އަފީފުއްދީން ސްކޫލްގެ އިތުރުން ޏ. ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި ވެސް ވަނީ “އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް” ޤާއިމްކޮށްފަ އެވެ. އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ގާއިމުކުރެވުނު މި “އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް” ޤާއިމްކުރުމުގެ މަޝްރޫއު ނިމި، އެކަން ފާހަގަކުރުމުގެ ގޮތުން ވަރޗުއަލްކޮށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ...

އަފީފުއްދީން ސްކޫލްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓްގެ މަސައްކަތް ނިންމާލައިފި
Thiladhunmathi News

އަފީފުއްދީން ސްކޫލްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓްގެ މަސައްކަތް ނިންމާލައިފި

ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓްގެ މަސައްކަތް ނިންމާލައިފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވީ، މިއީ އިންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ކުރިއަށް ގެންދެވުނު މަޝްރޫޢުއެއް ކަމަށެވެ. މި އިންކްލޫސިވް ސަޕޯޓް ޔުނިޓަކީ އަފީފުއްދީން ސްކޫލުގައި ކުރިއަށްގެންދާ އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމުގެ ފެންވަރު ރަނގަޅުކޮށް ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭނެ މާޙައުލެެއް ޤާއިމުކުރުމަށް ހިންގުނު މަޝްރޫޢުއެއް ކަމަށް އެ މިނިސްޓްރީއިން ވިދާޅުވެ އެވެ. އަފީފުއްދީން ސްކ...

އަފީފުއްދީން ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ދަރިވަރުންގެ އެހީތެރިކަން އެ ސްކޫލަށް
Thiladhunmathi News

އަފީފުއްދީން ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ދަރިވަރުންގެ އެހީތެރިކަން އެ ސްކޫލަށް

ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ދަރިވަރުންގެ އެހީތެރިކަން އެ ސްކޫލަށް ފޯރުކޮށް ދީފިއެވެ. މިގޮތުން އެ ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ދަރިވަރުންގެ ފަރާތުން އެ ސްކޫލަށް ވަނީ 7 ހާސް ރުފިޔާގެ، ފައިސާގެ އެހީތެރިކަން ފޯރު ކޮށްދީފައި އެވެ. އެ އެހީތެރިކަމާއި ގުޅިގެން އަފީފުއްދީން ސްކޫލުން ބުނެފައި ވަނީ އެ ސްކޫލުން އެންމެ ފުރަތަމަ އޯލެވެލް ނިންމި ބެޗްގެ ދަރިވަރުންގެ ފަރާތުން ސްކޫލަށް ދިން ހަދިޔާއާއިއެކު އެކުދިންގެ ހިތުގައި ސްކޫލަށް އޮތް […]