ކުޅުދުއްފުށީ ގެއެއްގައި އަލިފާން ރޯވެއްޖެ

56D863C5-236C-4B51-960C-C867130194A0

ކުޅުދުއްފުށީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާން ރޯވެފައިވަނީ ރޭފަތިހު ވަގުތެއްގައި ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތުދެއެވެ. އެމްއެންޑީއެފްއިން ބުނީ މިހާދިސާ ރިޕޯޓްކޮށްފައިވަނީ 04:16 ހާއިރުކަމަށާއި އަލިފާން ރޯވެފައިވަނީ އެރަށު "ކަކާ" ނަމަކަށް ކިޔާ ގެޔެއްގައި ކަމަށެވެ.

އެމްއެންޑީއެފްގެ ނޯދަން އޭރިޔާ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެ 04:40 ގައި ރޯވި އަލިފާން ނިއްވާލާފައިވާކަމަށާއި އެސަރަހައްދުން ދުންއަރަމުންދާތީ ސިފައިން އެސަރަހައްދުގައި އަދިވެސް ހަރަކާތްތެރިވަމުން ދާކަމަށް އެފަރާތުން ހާމަކުރެއެވެ.

މިހާދިސާގައި އެއްވެސްމީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މިހާދިސާގައި ސައިކަލަކާއި ރަށުޕިކަޕެއްވަނީ އަނދާފައި އަދި ކަކާގެޔަށްވަނީ ބޮޑެތި ގެއްލުންތަކެއް ވެފައިކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކުރެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *