ށ. ނޫމަރާ ސްކޫލުގައި 4 ކްލާސްރޫމް އަޅަން ބަޔަކާއި އިއްޔެ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

Ad
rt

މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުޒްހިންއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަހުމަދު ރިޔާޒްއެވެ.

މި މަސައްކަތް ހަވާލުކޮށް ފައި ވަނީ 4،681،385.59 ރުފިޔާ އަށް، 109 ދުވަސް ތެރޭ ނިންމާގޮތަށެވެ.

މީގެ އިތުރުން ވެސް އިތުރު 4 ރަށެއްގެ ސްކޫލްގައި އިމާރާތްތައް އަޅަން އިއްޔެ ވަނީ ހަވާލުކޮށްފައެވެ. މިގޮތުން މ. ނާލާފުށި ސްކޫލްގައި 2 ބުރި އިމާރާތެއް އެޅުމަށާއި، އެއަތޮޅު މުލަކު ސްކޫލްގައި 3 ބުރި އިމާރާތުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ. އަދި ގއ. މާމެންދޫ ސްކޫލްގައި 2 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފައެވެ.