ކަލަކު ވޮޑިގެންވާކަމުގެ މައުޟޫޢުއަކީ ކާއިނާތުގައިވާ އެންމެ ބޮޑު ހަޤީޤަތް: ޝައިޚް ސަމީރު

8DBABB67-F540-44E7-B428-D594974BEC96

ކަލަކު ވޮޑިގެންވާކަމުގެ މައުޟޫޢުއަކީ ކާއިނާތުގައިވާ އެންމެ ބޮޑު ހަޤީޤަތްކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝައިޚް ސަމީރު މިހެން ވިދާޅުވީ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

”ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް” މި މައުޟޫއަށް ވާހަކަފުޅުކުރިއަށް ގެންދަވަމުން ޝައިޚް ވިދާޅުވީ ދުނިޔެއާއި ދުނިޔޭގައި ވާހަކަތަކެއްޗަކާއި އިންސާނުންނަށް އެނގޭ އަދި ނޭނގޭކަންކަމަށް ފިކުރުކޮށް ބަލާލުމުން ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް ފެންނަކަމަށެވެ.

މިއީ ސައިންސްގެ ޒަމާންކަމަށާއި އައު ހޯދުންތައް ހޯދަމުންދާ، ޢިލްމީ ގޮތުން ކުރިއަރާފައިވާ ޒަމާނެއްކަން ފާހަގަކުރައްވާ ޝައިޚް ވިދާޅުވީ މިފަދަ ޒަމާނެއްގައި އުޅޭއިރު އަޅުގަނޑުމެން ކާބަފައިންނަށްވުރެވެސް އީމާންތެރިކަމާއި ދީންވެރިކަން މާބޮޑުވާންޖެހޭނެކަމަށެވެ.

ކަލަކު ވޮޑިގެންވާކަން ޔަޤީންކުރަން ކޮންމެހެން ދިރާސާއެއް ހަދަން ނުޖެހޭކަމަށާއި އިންސާނުންނަށް އަތްލެވޭ، ފެންނަ ހިފާގެންގުޅޭ ތަކެތީގެ ތެރެއިން ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް މާތްﷲ ދައްކަވާފައިވާކަމަށް ވިދާޅުވިއެވެ.

މާތްﷲ ވަނީ،  ވިސްނާ ފިކުރުކޮށް ކާއިނާތާއި ދުނިޔެއިން ފެންނަ ތަކެއްޗަށްބަލާ ދިރާސާކުރުމަށް އަންގަވާފައިކަމަށާއި އޭގެ ބޭނުމަކީ އެކަލާނގެ ވޮޑިގެންވާކަން އިންސާނާ ޤަބޫލުކުރުމަށްޓަކައިކަމަށްވެސް ވިދާޅުވިއެވެ.

ޝައިޚް ސަމީރުވަނީ ކަލަކު ވޮޑިގެންވާކަމުގެ ހެކިތަކުގެ ތެރެއިން ކައުނާއި، އުޑާއި، އުޑުގައިވާހާއެއްޗަކާއި،  ބިމާއި ބިމުގައިވާހާ އެއްޗެއް އުފެދުނުގޮތަށް ބައްލަވާލައްވާފައެވެ. އެކަމުންވެސް ކަލަކުވޮޑިގެންވާކަން އެނގިގެންދާކަމަށާއި އެތަކެތި އުފެދިފައިވަނީ ހަމަ ހުރެފައި ނޫންކަން ފާހަގަކުރައްވާ އެތަކެތި ލައްވާ ބަލަހައްޓަވާ ފަރާތެއްވާކަން އެ ތަކެތިން އެނގިގެންދާކަމަށްވެސް ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *