މިއަންނަ ނޮވެމްބަރ މަހު ހއ މުރައިދޫ ގައި ނިޔާ އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް ހުޅުވަން ތައްޔާރު ވެއްޖެއެވެ.

މުރައިދޫ އަށް އުފަން އަޙްމަދު ނިޔާޒު މޫސަ އުފައްދާ ނިޔާ އެކަޑަމީގެ މަގްސަދަކީ ހއ އަތޮޅުން އަޙްލާގު ރަނގަޅު، ހުނަރުވެރި ކުޅުންތެރިން ތަކެއް ތަކެއް އުފައްދާ ކުޅިވަރުގެ މައިދާނަށް ނެރުމެވެ.

Ad
rt

ނިޔާ އެކަޑަމީގެ އަމާޒަކީ ކައިރި މުސްތަޤުބަލެއްގައި ހއ ގެ އެހެން ދެ ރަށެއްގައިވެސް ނިޔާ އެކަޑަމީގެ މަސައްކަތް ފެށުމެވެ. ނިޔާ އެކަޑަމީ ގައި ރަޖިސްޓާރ ކުރުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފައެވެ. އެފަރާތުން ހާމަކުރާގޮތުގައި މިހާރުވެސް100 އަށްވުރެ ގިނަ ކުދިން ރަޖިސްޓްރީވެފައިވާކަމަށް ހާމަކުރެއެވެ.

އަޙްމަދު ނިޔާޒަކީ ފުޓުބޯޅައިގައި ފާހަގަ ކޮށްލެވޭ ކޯޗެކެވެ. ހާއްސަކޮށް މިނިވަން ޗެމްޕިއަންޝިޕް ގައި ތިލަދުންމަތީގެ އެކި ރަށް ތަކަށް ކޯޗުކަން ކޮށްދީފައިވާ ފާހަގަ ކޮށްލެވޭ ފަރާތެކެވެ. އިންޓަރ ރިސޯޓް ފުޓްސަލް މުބާރާތްތަކުގައި އެކި ރިސޯޓްތަކަށްވެސް ކޯޗު ކަން ކޮށްދެއްވާފައިވާ ފަރާތެކެވެ.