ހުސްވެފައިވާ އެމްޑީޕީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ރައީސް މުޙައްމަދު ނަޝީދު އަދި ނައިބް ރައީސް ކަމަށް މުޙައްމަދު ޝިފާޒު ކުރިމަތި ލައްވައިފިއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ނައިބް ރައީސްގެ މަގާމު ހުސްވެފައިވާތީ ރޭގައި އެޕާޓީން ވަނީ މި ދެ މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންތިޚާބް 22 ނޮވެންބަރު 2019 ވާ (ހުކުރު) ދުވަހު ބޭއްވުމަށް އިޢުލާންކޮށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. މި މަގާމަށް ކުރިމަތިލުމުގެ ފަހު ވަގުތަކީ 19 އޮކްޓޫބަރ 2019 ވާ (ހޮނިހިރު) ދުވަހުގެ 12:00 އެވެ.
ނިމުނު ދައުރުގައިވެސް އެމްޑީޕީގެ ރައީސްކަން ކުރެއްވީ ރައީސް ނަޝީދެވެ. އަދި ނައިބް ރައީސްކަން ކުރެއްވީ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މެމްބަރުން އެމަނިކުފާނަށް ތާއީދުކޮށްދެއްވުމަށް އެދިލައްވާފައެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރައީސްކަން ދެ ދައުރު ކޮށްފައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ރައީސް ނަޝީދު ކުރެއްވެވިއެވެ.
Maldivian Democratic Party ge Raees kamah ithuru dhaurakah alhugandu kurimathilan. MDP ge enme memberun ge arihun varah ikhlaastheri kamaaieku mi edhenee alhugandah thaeedh kuravva vote dhevvumah
— Mohamed Nasheed (@MohamedNasheed) October 15, 2019
ޝިފާޒު ވަނީ އެމްޑީޕީގެ ރައީސް ކަމަށް ރައީސް ނަޝީދު އަށް ތާއީދު ކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި ޝިފާޒު ވަނީ އެމްޑީޕީ މެމްބަރުންގެ ތާއީދާއ،ި ކުރައްވާ އިތުބާރު އެގޮތުގައި ދެއްވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.
MDP ge Raees kamah Raees @MohamedNasheed ah furihama ah thaaeedhu kuran. Adhi alhuga’ndu mi party ge Naibu Raees kamah kurimathilaa vaahaka dhannavan.. @MDPSecretariat hivvarugadha memberun ge thaaeedhaai, kuravvaa ithubaaru egothugai dhevvaane kamah ummeedhu kuran. Shukuriyyaa
— Mohamed Shifaz *️⃣ (@shippeshifaz) October 15, 2019
މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ 19 އޮކްޓޫބަރ 2019 ގެ ނިޔަލަށް އެމްޑީޕީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!