ޓިކްްޓޮކްގެ ސަބަބުން، ޒުވާނުންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާކަމަށް ބުނެ އެމެރިކާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ތަހުޤީގުކުރަން ފަށައިފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ ބާޓިސަން ގްރޫޕަކުން އިސްނަގައިގެން ކުރިއަށް ގެންދާ މި ތަހުޤީގަކީ ޓިކްްޓޮކްގެ ސަބަބުން ޒުވާނުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވޭތޯ ބެލުމަށާއި ޓިކްޓޮކަކީ ޒުވާނުންނާއި ޅަ އުމުރުގެ ކުދިންނަށް އެކަށީގެންވާ ޕްލެޓްފޯމްއެއްތޯ ބެލުމެވެ. އަދި މި އެޕްގެ ސަބަބުން ނަފްސާނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ޒުވާން އުމުރު ފުރައިގެ މީހުންނަށް އެއްވެސް ގެއްލުމެއް ވޭތޯވެސް ބެލުމަށް ތަހުޤީގުކުރެވޭނެކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
މަސަޗުސެޓްސްގެ އެޓާނީ ޖެނެރަލް މައުރާ ހީލީ ހާމަކޮށްފައިވާ ގޮތުގައި މިތަހުޤީގުގައި އެންމެ އިސްކަމެއް ދެވޭނެކަމަކީ، ޓިކްޓޮކްގެ ސަބަބުން ޕްލެޓްފޯމްގައި ތަމްސީލްކުރާ ފަރާތްތަކަށް ގެއްލުންތަކާއި ކުރިމަތިވޭތޯ ބެލުމައި އެޕްގެ ޒަރިއްޔާއިން މި އެޕް ބޭނުންކުރާ މީހުންގެ ނާޖާއިޒް ފައިދާ ނަގައި ޤާނޫންތަކާއި ދެކޮޅު އެއްވެސް އަމަލެއް ހިނގާތޯ ބެލުމަށްކަމަށެވެ.
މިހާރުގެ ޒުވާނުންނާއި ޅަ އުމުރު ފުރައިގެ ކުދިންގެ މެދުގައި ނަފްސާނީ އަދި އިޖްތިމާއީ ގިނަ މައްސަލަތައް ކުރިމަތިވަމުން އަންނަ އިރު، ޓިކްޓޮކް ފަދަ މަޝްހޫރު ޕްލެޓްފޯމެއްގެ ސަބަބުން މިފަދަ މައްސަލަތައް ބޮޑުވުމަށް އެއްވެސް ޗާންއެއް ދެވެން ނެތްކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.
ތަހުޤީގުތަކުގައި ޓިކްޓޮކް ކުންފުންޏާއި ސުވާލު ކުރުމަށް ނިންމާފައިވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވެއެވެ.
ޓިކްޓޮކް ކުންފުންޏާއި އެކު ކުރުމަށް ނިންމާފައިވާ މުޢާމަލާތްތަކުގެ ތެރޭގައި މި ޕްލެޓްފޯމް ބޭނުންކުރާ ޔޫސާސްއަށް އެޕް ބޭނުން ކުރެވޭނެ ވަގުތު މަދުކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާއި ގުޅިގެން ޓިކްޓޮކްގެ ތަރުޖަމާނު ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުންޏަށް ޒުވާނުންގެ ނަފްސާނީ އަދި އިޖްތިމާއީ ކަންކަމަށް އަހަންމިއްޔަތުކަން ދޭ ކަމަށް ބުނެފައިވެއެވެ. އަދި އެކުންފުނީގެ ފަރާތުން އެޕް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ޔަޤީންކޮށްދޭކަމަށް ބުނެފައިވެއެވެ.
2021 ވަނަ އަހަރު އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ކުޑަކުދިން އިންސްޓަގްރާމު ބޭނުންކުރުން މަނާކޮށް އެކަން ހުއްޓުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!