އެސްޓީއޯގެ ތާރީޚުގައިވެސް އެންމެ ބޮޑު ފައިދާ، އާމްދަނީ ދިހަ ބިލިއަނުން މަތީގައި

Amru

އެސްޓީއޯއަށް މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިއްޖެއެވެ.

މިއީ 2020 ވަނަ އަހަރާ އަޅާ ބަލާއިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ކުއާޓަރަކަށްފަހު ކުއާޓަރެއް އާމްދަނީ ވަނީ އިތުރުވެފައެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ ރިޕޯޓު ދައްކާ ގޮތުން އަހަރު ނިމުނު އިރު ތެލުގެ އާމްދަނީގެ ގޮތުގައި ހަތް ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނެވެ. އަދި އެހެނިހެން ވިޔަފާރިތަކިން ތިން ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެސްޓީއޯއިން ބުނި ގޮތުގައި އާމްދަނީ އިތުރުވީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި ބަލައި 26 އިންސައްތަ އިތުރުވެފައިވުމުންނެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން، މުޅި އަހަރުގެ ސާފުފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 571 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 32 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކްސްއަށް ކެނޑުމަށްފަހު މިދިޔަ އަހަރުގެ ސާފު ފައިދާއަކީ 478 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަަލާއިރު 33 އިންސައްތައިގެ ކުރިއެރުމެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި