ހއ. މޮޅަދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަަހަށް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.
މޮޅަދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި އެފަރާތްތަކުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް މޮޅަދޫ ކައުންސިލް އިދާރާއަަށް ހުށައަަޅަން ޖެހޭނެއެވެ.
މީގެ އިތުރުން މިމަސައްކަތާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މޮޅަދޫ ކައުންސިލްގެ ނަންބަރު 6500031 ފޯނާއި ގުޅުއްވުމުން ލިބިލައްވާނެ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.
މޮޅަދޫގައި ސަރުކާރުން ތަރައްގީ ކުރަމުންދާ ބަނދަރުގެ މަސައްކަތް މިހާރު ނިމުމަކާއި ގާތްވެފައިވާއިރު، އެރަށުގައި ތަރައްގީ ކުރަމުން ދަނީ 650 ފޫޓް ދިގު 250 ފޫޓް ފުޅާ މިނުގެ ބަނދަރެކެވެ. އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ސެނޮކް ޓްރޭޑް ކޮންބައިން ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ޙަވާލުކުރައްވާފައިވަނީ 2019 ވަނަ އަހަރުއެވެ.
މި ބަނދަރުގައި 232 މީޓަރގެ ބޭރު ތޮށި 42 މީޓަރު ރިވެޓް މެންޓާއި 70 މީޓަރު ގްރޮއިން 20 މީޓަރގެ އެއްގަމު ތޮށި 20 ބަނދަރު ބައްތިއާއި ރޭންޕަކާއި 600 ސްކްއާމީޓަރ ޕޭވްމަންޓްއެއް ހަދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!