ކެލާގެ ހިތްގައިމު ކަނޑޫފަލުގައި ތަރައްޤީކުރި "ކެލަވަކި ބަގީޗާ" ހުޅުވައިފި

DF6D7356-BC4D-43EB-BD5D-697AFAE35F48

ހއ. ކެލާގެ ހިތްގައިމު ކަނޑޫފަލުގައި ތަރައްޤީކުރި "ކެލަވަކި ބަގީޗާ" ހުޅުވައިފި އެވެ.

މި ޕްރޮގްރާމަކީ ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ހިންގާ ގްލޯބަލް އެންވައިރަމެންޓް ފެސިލިޓީ،
ސްމޯލް ގްރާންޓް ޕްރޮގްރާމުގެ ދަށުން ކެލާ ޔޫތު ފޯރަމުން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.

ކެލާ ޔޫތް ފޯރަމް އިން މައުލޫމާތު ދީފައިވާ މިޕްރޮގްރާމް ނިންމާ "ކެލަވަކި ބަގީޗާ" ގެ ނަމުގައި އިއްޔެ ވަނީ އެ ސަރަހައްދު ރަސްމީކޮށް ހުލުވާލާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ސަރަޙައްދު ހުޅުވައިދެއްވީ ކެލާ ކައުންސިލުގެ ރައީސް ޢަބުދުﷲ އިންފާޒު ރަޝީދު އެވެ. އެގޮތުން ރަޝީދުގެ ވާހަކަފުޅުގައި ކަނޑޫފަލުގެ މުހިންމުކަމާ ދާދިފަހުން ކެލާކަނޑޫފަލުން ފެނުނު ބްރުގޮއިރާ ހެނެސީ ނުވަތަ ކެލަވަކިގަހާ ބެހޭ ގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އަދި މި ރަސްމިއްޔާތުގައި ކެލާ ޔޫތު ފޯރަމްގެ ނައިބު ރައީސް މުޙައްމަދު ފަޔާޒު ވަނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްއަށް ތައްޔާރު ކުރެވުނު ލީފްލެޓްތައް ރަށުގެ މުއައްސަސަތާކައިވެސް ހަވާލުކޮށްދެއްވާފައެވެ.

މީގެ އިތުރުން އެފަރާތުންވަނީ ނިމިގެންދިޔަ ޕްރޮގްރާމްގެ ހަރާކާތްތަަކާއި ގުޅޭގޮތުންވެސް މައުލޫމާތު ދެއްވާފައެވެ. އޭގެ ތެރޭގައި ކަނޑޫފަލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފަސޭހައިން ބަލައިލާ ފޮޓޯނެގުމަށް ބޯޑު ވޯރކް (ފާލަން) އެއް ހަދާފައިވާ އިރު އެސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތައް މަޑުކޮށްލުމަށް ރެސްޓިން ޕޮއިންޓެއްވެސް ވަނީ ތައްޔާރު ކޮށްފައެވެ. އަދި ކަނޑޫފަލުގައި ހެދޭ ބާވަތްތައް ކަމުގައިވާ ކަނޑޫ، ރަނޑޫ، ބޮޑަވަކި، ތަކަފަތި، ކެލަވަކި އަދި ކުއްޅަވައް ފަދަ ގަސްގަހާގެހި ފަލުގައި އިންދާ އާލާކުރުމަށް މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބަގީޗާ ހުޅުވުމުގެ ރަސްމިއްޔާތުގައި މަޝްރޫޢު ނިންމިކަމުގެ ރަމުޒު ކެލާ ކައުންސިލާ ވަނީ ހަވާލުކޮށްދެއްވާފެވެ. ފިލާ ހަވާލު ކޮށްދެއްވީ ކެލާ ޔޫތު ފޯރަމްގެ ރައީސް އިބުރާހީމް ޢާމިރު ޢުޘްމާންއެވެ. އަދި މި ރަސްމިއްޔާތުގައި ކެލާ ޔޫތު ފޯރަމްގެ މަސްއޫލު މެންބަރު އަޙުމަދު ވަޙީދު ޢަލީ ތަޢާރަފުކޮށް އެބޭފުޅާއަށް ވަނީ މަރުޙަބާ ދަންނަވާފައެވެ.

ކެލާ ކައުންސިލުން ވަނީ މިފަދަ ހަރަކާތެއް ކެލާ ޔޫތް ފޯރަމް އިން ކުރިއަށް ގެންދިޔަ ކަމަށްޓަކައި އެފަރާތަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

މީގެ އިތުރުން ކެލާ ކަނޑޫފަލުގެ ދިރުންތަކާމެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް އެރަށުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި