އިންކޮމް ޓެކްސް ނަގާނީ އާމްދަނީގެ ގޮތުގައި40،000 ރުފިޔާއަށްވުރެ މަތިން ލިބޭ މީހުންގެ އަތުން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިއަދު ފިނޭންސް މިނިސްޓްރީން މީޑީޔާތަކަށް މަޢުލޫމާތު ދެއްވަމުން، މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ، 40،000 ރުފިޔާ އިން ދަށުގެ އާމްދަނީ އެއް ލިބޭ ފަރާތްތަކުން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާފައިވަނީ މަހަކު 40،000 އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަށް ކަމަށެވެ.
އަރުޝަދް އިތުރަށް ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވަނި "ޕްރޮގްރެސިވް ޓެކްސް ނިޒާމެއް" ރާއްޖޭގައި ގާއިމް ކުރުމަށް ކަމަށެވެ. އެއީ އާމްދަނީގެ ނިސްބަތަށް ބަލައި ޓެކްސް ނަގާ މިންވަރު ކަނޑައަޅާ ނިޒާމެކެވެ.
އާމްދަނީގެ ގޮތުގައި 60،000 - 40،000 ދެމެދު ލިބޭ ފަރާތްތަކުންގެ އަތުން ޓެކްސް ގެ ގޮތުގައި ނަގާނީ އަށް ޕަސެންޓްއެވެ. 100،000 - 60،000 ލިބޭ ފަރާތްތަކުގެ އަތުން ޓެކުހުގެ ގޮތުގައި އާމްދަނީގެ 10 ޕަސެންޓް ނަގާނެއެވެ. އަދި 100،000 އަށް ވުރެ ގިނައިން އާމްދަނީ ލިބޭނަމަ އާމްދަނީގެ 15 ޕަސެންޓް ޓެކްސްގެ ގޮތުގައި ދައްކަން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!