މިސަރުކާރުން މިހާތަނަށް 1 ބިލިއަން ރުފިޔާގެ މަޝްރޫއު ނިމިއްޖެ

1A99F041-4946-4E0E-A6C0-C399DB64130B

މި ސަރުކާރުން މިހާތަނަށް 1 ބިލިއަން ރުފިޔާގެ މަޝްރޫއު ނިމިފައި ވާކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު ވަނީ މި ސަރުކާރު އައި ފަހުން ނިމުނު ޕްރޮޖެކްޓްތަކާއި ފައިސާ ދައްކައި ނިމުނު ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މިހާތަނަށް މި ސަރުކާރުން އެއް ބިލިއަން ރުފިޔާގެ 42 މަޝްރޫއެއް ނިންމާފައިވާ ކަމަށެވެ.

އަމީރު އިތުރަށް ވިދާޅުވީ 3.8 ބިލިއަން ރުފިޔާގެ 136 ޕްރޮޖެކްޓެއް އެކި ފަރާތްތަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި، 43 ރަށެއްގައި ކުރިއަށް ގެންދާ 29 މަޝްރޫއެއް ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ މި ޕްރޮޖެކްޓުތަކަށް ހަރަދުކުރަނީ ދައުލަތުގެ ބަޖެޓުންނާއި، ރާއްޖޭގެ މާލީ އިދާރާތަކުން ފައިސާ ހޯދައިންގެންނާއި ބޭރުގެ އެހީގެ ތެރެއިން ކަމަށެވެ. ބޭރުގެ އެހީތަކުގެ ތެރޭގައި، އިންޑިއާ ސަރުކާރުން ބަޖެޓް ސަޕޯޓުގެ ގޮތުގައި ލިބުނު 200 މިލިއަން ޑޮލަރާއި، 300 މިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކައިގެން ލިބުނު ފައިސާ ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކޮބާތަ ތިބުނާ ނިމުން ކަންތައްތައް!ނުފެންނަ ކަންތަކެއްގެ ވާހަކަ ތިދައްކަނި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި