ދާރުލް ޤުރްއާން ވައްސުންނަ އިން ޖަނާޒާ ކޯސް ފަށަނީ!

47100052-17CF-4A37-9981-FDB3DC1EA473

ދާރުލް ޤުރްއާން ވައްސުންނަ އިން ބާއްވާ ޖަނާޒާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ދާ މީ ކޯހުގައި މާލޭގެ އިތުރުން އަތޮޅު ތެރޭގައި ތިއްބަވާ ބޭފުޅުންނަށްވެސް ބައިވެރި ވެވޭނެއެވެ. އަތޮޅު ތަކުގައި މި ކޯހުގެ ކިޔެވުން ދާނީ، ކޮންމެ ހަފްތާއެއްގެ ހަފްތާ ބަންދުގައި، ބްލޮކް މޯޑަށެވެ.

އަސާސީ ތަޢުލީމު ފެންވަރު ހުރި ކޮންމެ މީހަކަށްވެސް މި ކޯހުގައި ބައިވެރިވެވޭނެއެވެ. މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ޖަނާޒާގެ މަތިވެރި މަސައްކަތުގެ ރޮނގުން ކުރިޔަށް ދެވޭނެ ޢިލްމީ ޤާބިލުކަން ލިބިގެންދާނެއެވެ. މި ކޯހުގައި ކިޔަވައިދޭނި ތިން މާއްދާއެވެ. އެއީ ޖަނާޒާ ނަޒަރީ، ޖަނާޒާ ޢަމަލީ އަދި ފިޤުހު އަލްޢިބާދާއެވެ. ކޯހުގައި ބައިވެރިވެ، ކޮސް ފުރިހަމަ ކުރާ ފަރާތްތަކަށް އެމް.ކިޔު.އޭ ޤަބޫލުކުރާ ސެޓްފިކެޓެއް ލިބިގެން ދާނެއެވެ.

މި ކޯހުގައި ބައިވެރިވުމަށް 7578928 ،7572384، ނުވަތަ 7891775 އަށް ގުޅުއްވާ ނަން ނޯޓު ކުރެއްވުމަށް ދާރުލް ޤުރްއާން ވައްސުންނަ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ. މި ކޯހުގެ ފީއަކީ1500 ރުފިޔަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *