ހިނގާ ބިނގާވެ އުޅުން ދަތިވެފައިވާ 60 މީހަކަށް ބީއެމްއެލް އިން ވީލްޗެއަރ ހަދިޔާ ކޮށްފިއެވެ.

ހިނގާ ބިނގާވެ އުޅުމަށް ދަތި ފަރާތްތަކަށް ވީލްޗެއާ ހަދިޔާކުރީ ބީއެމްއެލްގެ އަހަރެންގެ ބޭންކް ޕްރޮގްރާމުގެ ދަށުންނެވެ. އެގޮތުން މިއަހަރު 60 މީހަކަށް ބީއެމްއެލް އިން ވަނީ ވީލްޗެއާ ހަދިޔާ ކޮށްފައެވެ. މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ ހާއްސަ އެހީއަށް ބޭނުންވާ 76 ފަރާތަކަށް ވީލްޗެއާ ހަދިޔާކޮށްފައެވެ.

Ad
rt

ވީލް ޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން އަބަދު ވެސް ވަރަށް އިސްކަންދޭ ކަމަށެވެ.

ބީއެމްއެލް އިން އަބަދުވެސް މުޖުތަމައަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކަށް އެހީވެދެއެވެ.