އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި ލޯންޗަކަށް ރާޅެއްއަރައި، ހިނގި ހާދިސާގައި ކަނޑަށް ވެއްޓި ގެއްލުނު ހަތަރު އަހަރު ކުއްޖާ ހޯދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިމަހުގެ 16 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ލޯންޗަށް އެރި ރާޅަކާއެކުގައި 3 މީހަކު ކަނޑަށް ވެއްޓުނެވެ. އެއީ މ. ގްރީން ޕީކް، އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާއާއި އޭނާގެ ދެ ދަރިންނެވެ. ނާހިދާއާއި އެއް ދަރިފުޅު ފެނުނު ނަމަވެސް އަނެއް ދަރިފުޅު ނުފެނުނެވެ. މި ހާދިސާގައި ނާހިދާ ވަނީ ނިޔާވެފައެވެ.

Ad
rt

އެމްއެންޑީއެފްއިން މިއަދު ވިދާޅުވީ، "ޑްރީމް" ލޯންޗަށް ރާޅެއް އަރައި އޭގައި އިން ކުޑަކުއްޖަކު ގެއްލުނު ހާދިސާއާ ގުޅިގެން ކޯސްޓްގާޑުން މިހާތަނަށް ކަނޑުމަތިންނާއި ވައިގެ މަގުން 4،706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އެ ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ފެނިފައި ނުވާތީވެ، ކުއްޖާ ހޯދުމުގެ މަސައްކަތް "ސަސްޕެންޑް" ކުރެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މިމަހުގެ 16 ވަނަ ދުވަހު ހިނގި މި ހާދިސާ ހިނގީ "ޑްރީމް ސްޕީޑް 2" ކިޔާ ލޯންޗެއް މާލެއިން ފުރައިގެން ވ. ފުލިދޫއަށް ދަތުރު ކުރަމުން ދަނިކޮށް އޮޅުވެލި ރިސޯޓު ކައިރިންނެވެ. މި ލޯންޗުން ދަތުރު ކުރަމުން ދިޔައީ ނާހިދާއާއި، އޭނާގެ ދެ ދަދަރިން ހިމެނޭހެން ޖުމްލަ 12 މީހުންނެވެ.

މުޅިރާއްޖެއަށް ހެން ކުރި ގަދަ ވިއްސާރަ ދިމާވި ސްކޫލްގެ މިޑް ޓާމް ހޮލިޑޭއާއެވެ. ދަތުރު ކުރުމުގައި ސަމާލުވުމަށް ދުރާލާ ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައިވާއިރު، އިތުރު ކަނޑުމަތީގެ ހާދިސާތައް ވެސް އެ ދުވަސްވަރު ހިނގިއެވެ.