އިޓަލީގެ އެންމެ ބޮޑު އެއާލައިން "އެއާ އިޓާލިއާ" ހުއްޓާލުމާއި އެކު ކެބް ކްރޫއިން އިޓަލީގެ ވެރިރަށް ރޯމްގެ މަގުމަތީގައި މުޒާހަރާކޮށްފިއެވެ.
ކޯވިޑް 19 އާއި ގުޅިގެން ބަނގުރޫޓުވެ އެއާ އިޓާލިއާ ހުއްޓާލަން ޖެހުމާއި ގުޅިގެން ހުރިހާ މުވައްޒަފުންގެ ވަޒީފާވަނީ ގެއްލިފައެވެ.
މިކަމާއި ގުޅިގެން ސްޓާފުންނާއި ކެބިން ކްރޫ އިން އަންނަނީ އެމީހުންގެ ގެއްލިފައިވާ ވަޒީފާގެ ހައްގުތައް ދިނުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.
އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އެއާ އިޓާލިއާގެ އެންމެ ފަހު ފްލައިޓް އޮޕަރޭޓްކޮށް އެ ކުންފުނީގެ މަސައްކަތަތައް ހުއްޓާލާފައިވާއިރު، އާ އެއާ ލައިންއެއްކަމަށްވާ "އައި.ޓީ.އޭ" އޭ އިން އެއާ އިޓާލިއާގެ ބައެއް ޖެޓްތައް ދަނީ ބޭނުންކުރަމުންނެވެ.
ބައިނައްލަޤްވާމީ ޚަބަރުތައް ބުނާ ގޮތުންނަަމަ، "އައި.ޓީ.އޭ" ކުނފުނިން ވަނީ އެއާ އިޓާލިއާ ގަނެ، 10،000 މުވައްޒަފުން ހިމެނޭ ކުންފުނީގެ 3،000 މުވައްޒަފުން ވެސް އެކުންފުނީގެ ދަށަށް ގެނެސްފައެވެ.
އައި.ޓީ.އޭގެ ފްލައިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ރައީސް އަލްފްރެޑޯ އަލްޓަވާލިއާ ވިދާޅުވީ، އެ ކުންފުނިން އޮޕަރޭޓް ކުރާ ފްލައިޓްތަކަކީ ލޯ ބަޖެޓް އެއާލައިންއެއްކަމަށެވެ. އަދި ކޯވިޑް 19ގެ ހާލަތުން އަރައިގަނެވެންދެކަށް އެ ފްލައިޓް ގެ ދަތުރުތައް މަދު މުވައްޒަފުންތަކަކާއި އެކު މަދު ތަން ތަނަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
އެއާ އިޓާލިއާގެ 50 ކެބިން ކްރޫއިން ވަނީ ރޯމްގެ މަގުމަތީގައި މުޒާހަރާކޮށް އެއާ އިޓާލިއާގެ ޔުނީފޯމް ބާލާފައެވެ. އަދި ޔުނީފޯމްތައް ބާލާ މަންޒަރުތައް ދައްކުވައިދޭ ވިޑިއޯތައް ދަނީ މުޅި ސޯޝަލް މީޑިއާގައިވެސް ދައުރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!