އިނގިރޭސިވިލާތުގައި އަނެއްކާވެސް ކޮރޯނާ ވައިރަސްގެ ކޭސްތައް އިތުރުވަމުން ދާ ދިއުމާއި އެކު ކޯވިޑުން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތަކެއް އެގައުމުގައި އެޅުމަށް އިނގިރޭސި ސައިންސްވެރިން އެ ގައުމުގެ ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.

އިނގިރޭސި ސަރުކާރުގައި ހިމެނޭ ސައިންސްވެރިންތަކެއް އިސްވެ އެ ގައުމުގެ ސަރުކާރަށް ކޯވިޑުން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވަނީ އެގައުމުގައު އަނެއްކާވެސް ކޯވިޑް ކޭސަސްތައް ގިނަވަމުން ދިއުމާއި ގުޅިގެންނެވެ.

Ad
rt

ފާއިތުވި ހަފްތާއަށް ބަލާއިރު، އިނގިރޭސިވިލާތުގައި 47،000 މީހުން ވަނީ ކޯވިޑް 19 އަށް ޕޮޒިޓްވެފައެވެ. މިއީ ފާއިތުވި ހަފްތާއަށް ބަލާއިރު ޕޮޒިޓިވް ވާ މީހުން ވަނީ 18 އިންސައްތަ އިތުރުވެފައިކަމަށް ރެކޯޑުތަކުން ދައްކައެވެ. ސައިންސްވެރިން ކޯވިޑް އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަވަސްކުރުމަށް ބުނެފައި މިވަނީ ދުވާލެއްގެ މައްޗަށް 135 މީހުން މަރުވެ، ފާއިތުވި ހަފްތާއާއި އަޅާ ބަލާއިރު މަރުވަމުން އަންނަ މީހުންގެ އަދަދު ވެސް 16 އިންސައްތަ އިތުރުވެފައި ވުމާއި ގުޅިގެންނެވެ. އެގައުމުގައި މިހާތަނަށް 139،000 މީހުން ވަނީ ކޯވިޑް ބަލީގައި މަރުވެފައެވެ.

ކޯވިޑްގެ ކޭސްތައް އިތުރުވަމުން އައިސްފައި މިވަނީ އެއް އަހަރުވަންދެން އިގިރޭސިވިލާތް ބަނދުކޮށްފައި އޮތުމަށްފަހު ހުޅުވާލިތާ 3 މަސްދުވަހުގެ ތެރޭގައެވެ.

އެހެންކަމުން ވީ އެންމެ އަވަހަކަށް ގޭގައި މަސައްކަތްކުރުމާއި، މާސްކު އެޅުމަށް ހޭލުންތެރިކަން އިތުރު ކުރުުގެ އިތުރުން ސޯޝަލް ޑިސްޓެންސިންގ ނުވަތަ ގައި ދުރުކަން ވީ އެންމެ ބޮޑަކަށް ބޭނުން ކުރުމަށް ސައިންސްވެރިން ވަނީ ސަރުކާރަށް ލަފާދެއްވާފައެވެ.