ފޯކައިދޫ އަންހެނުންގެ ކޮމިޓީން އިންތިޒާމް ކުރި ކޭކު ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

photo_2021-10-20_15-43-02

ށ. ފޯކައިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމް ކޮށް ކުރިއަށް ގެންދެވުނު ކޭކު ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މި ކޯހަކީ މި އަހަރުގެ ޖުލައި މަހު އެރަށުގައި ކުރިއަށް ގެންދެވުނު ކޯހެކެވެ. ނަމަވެސް، ކޯވިޑް-19 ގެ ހާލަތާއި ހެދި އެ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށްޓަކައި ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭގައެވެ.

ފޯކައިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ލުވާ 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޯހުގެ މަގުސަދަކީ ފޯކައިދޫގައި ދިރިއުޅޭ ފަރާތްތަކަށް މިފަދަ ހުނަރުތައް ދަސްކޮށް ދިނުން ކަމަށެވެ.

8 ދުވަހަށް ކުރިއަށް ގެންދެވުނު މި ކޯހުގައި ކޭކު އެޅުމުގެ ބޭސިކް އަދި އެޑްވާންސް ލެވެލް އަށް ކިޔަވައިދެއްވި ކަމަށް ލުވާ ފާހަގަކުރެއްވި އެވެ.

އަދި 20 ބައިވެރިންނާއެކު ކުރިއަށް ގެންދެވުނު މި ކޯހުގައި ކިޔަވައިދެއްވާފައިވަނީ ށ. މިލަންދޫ އަށް ނިޞްބަތްވާ ކޭކު އެޅުމައި، އަޅަން ދަސްކޮށްދިނުމުގެ ތަޖުރިބާ ހުރި ހައްވާ ޔުމްނާ ކަމަށް ލުވާ ވިދާޅުވި އެވެ.

" 2300 ރުފިޔާ އެއީ ކޯހުގެ ފީ އަކީ ކޮންމެ ބައިވެރިއަކަށް. ދެން އަޅުގަނޑުމެން ކޮމިޓީ ފަރާތުން ހުރިހާ ބައިވެރިންގެ ފީން %50 ވަނީ ދައްކައިދީފަ."

ކޯހުގެ ފީ އާއި ބެހޭ ގޮތުން ލުވާ ވިދާޅުވި އެވެ.

ފޯކައިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން މިއަހަރު ހިންގަން ރޭވިފައި ހުރި ކަންތަތައް ތަކުގެ ތެރޭގައި ފަހާކޯހެއް ހިމެނޭކަން ލުވާ ފާހަގަކުރެއްވި އެވެ. އަދި ޖުލައި މަހު ހިންގުނު މި ކޭކު ކޯހުގެ އިތުރުން ބީޗް ތަރައްގީ ކުރުމާއި ސްކޫލް ތަކުގެ އިތުރު ހަރަކާތްތަކުގައި އެހީތެރިވުން ފަދަ ކަންކަން އެ ކޮމިޓިގެ ފަރާތުން ވަނީ ކޮށްދީފައެވެ.

މީގެ އިތުރުން، ލުވާ ވިދާޅުވީ ރޭވިފައި ހުރި ބޮޑެތި ހަރަކާތްތައް ލަސްވެ ހިންގުމަށް ދަތިވެފައިވަނީ ކޯވިޑް-19 ގެ ހާލަތައި ގުޅިގެން ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި