މަންމައިން ބާރުވެރިކުރުވުމަށް ހިންގާ “މޮމްސް” ޖަމިއްޔާއަށް އުރީދޫ މޯލްޑިވްސްގެ އެމްފައިސާ މެދުވެރިކޮށް ޑޮނޭޓް ކުރެވޭ ގޮތް ހަދައިފިއެވެ.
އުރީދޫ އާއި މޮމްސް ޖަމިއްޔާއިން މިއަދު ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާޓްނާޝިޕްވެސް ހަދައިފައެވެ. މިއާއެކު އެމްފައިސާ ބޭނުން ކުރާ ކޮންމެ މީހަކަށް އެ ޖަމިއްޔާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މޮމްސް ގެ އިތުރުންވެސް ރާއްޖޭގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެމްފައިސާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި ކެންސާ ސޮަސައިޓީ އާއި ޑެފް އެސްސޯސިއޭޝަނާއި ކުޑަ ކުދިންގެ ހިޔާ އާއި ފިޔަވަތި ފަދަ ޖަމިއްޔާތައް ހިމެނެއެވެ.
އުރީދޫގެ އެޕްލިކޭޝަން ބޭނުން ކޮށްގެން އެމްފައިސާއަށް ރަޖިސްޓްރީ ކުރެވޭނެއެވެ. މިގޮތުން، އެޕް ޑައުންލޯޑު ކުރުމަށްފަހު ރަޖިސްޓްރޭޝަން ކުރުމަށްފަހު އެމްފައިސާއަށް ލޮގިން ވެވުމުން ބޭނުންވާ ޖަމިއްޔާއެއް އިހުތިޔާރުކޮށް ޑޮނޭޓް ކުރެވޭނެއެވެ.
Extremely delighted to partner with @NgoMoms, who work towards empowering mothers across the Maldives.
You can now extend your support by donating to MOMS via #mFaisaa
To register to m-Faisaa, download https://t.co/jStb2I6ikk pic.twitter.com/b3cxM4kyqy
— Ooredoo Maldives (@OoredooMaldives) October 18, 2021
އުރީދޫގެ އެމްފައިސާ އަކީ އެއް ފުރާޅެއްގެ ދަށުން ރާއްޖޭގެ އެންމެ ގިނަ އާންމު ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ފަސޭހަކަން ފޯރުކޮށްދޭ ޑިޖިޓަލް ޕޭމަންޓް ވޮލެޓެކެވެ. ބީއެމްއެލް އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮންވެސް ފައިސާ އެޅޭނެ އެވެ.
އުރީދޫ އެމްފައިސާ އެޕް ޑައުންލޯޑް ކުރުމަށްފަހު އެމް-ފައިސާ ރެޖިސްޓްރޭޝަން ފުރިހަމަ ކުރާށޭވެ. އެމްފައިސާގެ އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމަށްފަހު މޮބައިލް ނަންބަރު ޖަހާ އެ ހަތަރު އަކުރުގެ ޕިން ނަންބަރު ޖަހާނީއެވެ. ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށް ފަހު ކުރިން ޖެހި ޕިން ނަންބަރު ޖަހާ އަނެއްކާވެސް ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމުން ރެޖިސްޓްރޭޝަން ފުރިހަމަ ވާނެއެވެ.
އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައި ވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.
މިއީ ކަރަންޓު، ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުން ކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް، މޯލްޑިވް ގޭސް އަދި ވިލާ ގޭސް ފަދަ ގިނަ ކުންފުނިތަކެއް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!