އުތީމުގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ކާނަލް ނާޡިމްގެ ޢާއިލާއިން އެ ރަށުގައި މިސްކިތެއް ބިނާކޮށްދެނީ
ހއ. އުތީމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އާރްސީސީގެ އެއް ވެރިޔާ، ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޡިމްގެ ޢާއިލާގެ ފަރާތުން އަޅުއްވައިދެއްވާ މިސްކިތުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ. މި މިސްކިތަކީ މުޙައްމަދު ނާޡިމްގެ މަންމާފުޅުގެ ނަންފުޅުގައި ބިނާކުރާ މިސްކިތެކެވެ. މި މަޝްރޫޢުގެ ދަށުން ބިނާކުރާ މިސްކިތުގެ ކޮންސެޕްޓް ޑިޒައިން ކޮށްފައިވަނީ އުތީމުގެ ތާރީޚާއި ސަޤާފަތް އަދި