ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިރާގުގެ ކާރެއް ކޮންޓުރޯލްނުވެ ގޮސް ނުރައްކާތެރި އެކްސިޑެންޓް އެއް ހިނގައިފި އެވެ.
މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި 3 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެއާޕޯޓްގައި ދުއްވާފައިދިޔަ ކާރެެއް ކޮންޓްރޯލް ނުވެ ގޮސް، ވޯކްވޭ ފެންސް ފަޅާފައި ވޯކްވޭ މައްޗަަށް އަރައި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.
އެކްސިޑެންޓުގައި ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. ކާރު ދުއްވަން އިން ދިރާގުގެ މުވައްޒަފަށްވެސް ވަނީ އަނިޔާވެފައެވެ. ކާރުން ޖެހުމުގެ ސަބަބުންވެސް ދެމީހަކު މަގުމައްޗަށް ވަނީ ވެއްޓިފަ އެވެ.
މި އެކްސިޑެންޓްގައި ތިން މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި އެ މީހުންނަށް އެއާޕޯޓްގައި ގާއިމްކޮށްފައިވާ ކްލިނިކްގައި ދަނީ ފަރުވާދެމުންނެވެ.
މި އެކްސިޑެންޓް ވެފައި ވަނީ މިއަދު 3:28 ހާއިރުއެވެ. މި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!