ހިޔާ ފްލެޓުތަކުގުން ކުނި ނަގަން 6 ސަރަހައްދެއްގައި ޑަސްބިން ބަހައްޓައިފި

Hiyaa-Flat

ކުނިވާ ޒާތުގެ ކުނި އެޅުމަށް ހިޔާ ފްލެޓުތަކުގެ 6 ސަރަހައްދެއްގައި ވެމްކޯ އާއި އެޗްޑީސީ ގުޅިގެން ޑަސްޓްބިން ބަހައްޓައިފިއެވެ.

އެޗްޑީސީން ބުނީ "ހިޔާ" ގެ 16 ޓަވަރުގައި ހުރި 6،720 ފްލެޓްގެ ތެރެއިން މިހާރު މީހުން އުޅެމުން އަންނަ ފްލެޓްތަކުގައި އުފެދޭ ކުނި ވެމްކޯއަށް އުކާލެވޭނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެހެންވެ ވެމްކޯ އިން އެ މަސައްކަތް ފަށަންދެން ކުނި އުކާލުމަށް ފްލެޓްތައް ސަރަހައްދުގައި ހަ ޑަސްޓްބިނެއް ބަހައްޓާފައި ހުރިއިރު އެ ފްލެޓަކާ އެންމެ ކައިރީގައި ހުރި ޑަސްޓްބިނަށް ކުނި އެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އެޗްޑީސީން ކުނި ނަގާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 12:00 އާ ދެމެދުއެވެ.

ހިޔާ ފްލެޓްގައި އުޅޭ މީހުން ކުނި އަޅަން ޑަސްޓްބިން ބެހެއްޓިއިރު ފްލެޓްގައި އުޅޭ މީހުން އުފައްދާ ކުނިވާ ޒާތުގެ ކުނި ނުނަގާތީ އެމީހުން ކުނި ނެރެނީ ޓަވަރުގެ ތިރިއަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި