އިތުރު ލައިސަންސްއެއް ހޯދުމަކާއި ނުލައި ދިވެހި ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ 26 ޤައުމެއްގެ ރައްޔިތުންނަށް ދީފި އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަންއިން މިއަދު ނެރެފައިވާ އިޢުލާންގައި ވަނީ، އިތުރު ލައިސެންސްއެއް ހޯދުމަކާއި ނުލައި، 90 ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަކުރެވޭ ޤައުމުތަކުގެ ލިސްޓަށް ވަނީ ގައުމެއް އިތުރުކޮށްފަ އެވެ.

Ad
rt

އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ލިސްޓު މިނިސްޓްރީން އާންމުކޮށްފައިވަނީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އެ ލިސްޓަށް މިއަދު ވަނީ ބަންގްލަދޭޝް އިތުރުކޮށްފައެވެ.

އެގޮތުން ލައިސަންސް ޤަބޫލްކުރާނެ ޤައުމުތަކަކީ، އަފްގާނިސްތާން، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބުރުނާއީ، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، މިއަންމަރ، ފިލިޕީންސް، ސިންގަޕޫރު، ތައިލެނޑް، ވިއެޓްނާމް، ޖަޕާން، ޔުނައިޓެޑް ކިންގްޑޮމް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، ޗައިނާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސްވިޒަރލޭންޑް، ސައުދީ އަރަބިއްޔާ، ބެލްޖިއަމް އަދި ޖަރމަނީ އެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ނަންބަރު 5/2009 ގެ 4 ވަނަ އިސްލާހުގެ 33 ވަނަ މާއްދާގެ (ނ) މިނިސްޓްރީން ޤަބޫލްކުރާ ޤައުމުތަކުން ދޫކޮށްފައިވާ ޞައްޚަ ލައިސަންސްއެއް އޮތް މީހުންނަށް، އެ ލައިސަންސް އޮތްހާ ހިނދަކު، މި ޤަނޫނުގެ ދަށުން އިތުރު ލައިސަންސްއެއް ހޯދުމަކާއި ނުލައި 90 ދުވަހަށް ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވޭނެކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.