މަސްވެރިކަން ކުރަން އުޅުމުގެތެރޭގައި އަނިޔާވި ޒުވާނަކަށް ސިފައިން އެހީތެރިވެއްޖެ އެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި އަނިޔާވެފައިވަނީ އުމުރުން 18 އަހަރުގެ ދިވެހި ފަޅުވެރިއަކަށެވެ. އަނިޔާވެފައިވަނީ އޭނާގެ ފަޔަށް ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

Ad
d

މި ޒުވާނާއަށް އަނިޔާވި އިރު އޭނާ ހުރީ ތ. އެލާ ބޮޔަ ކައިރީ މަސްވެރިކަން ކުރަން އުޅުނު "ދިރުން 4" ދޯނިގައެވެ.

މި ހާދިސާގެ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 10:54 ގައެވެ.

"އަނިޔާލިބުނު ޒުވާނާ އަވަސް ފަރުވާއަށް ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ދިނުމުގައި އެމްއެންޑީއެފް ސީއޭ ސީޖީ ތާރޑް ސްކުއަޑްރޮން ވަނީ ހަރަކާތްތެރިވެފައި" އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

Ad
df

މަސްވެރިކަމުގައި އުޅޭ އުޅަނދުފަހަރުގައި ތިބޭ ފަޅުވެރިންނަށް ސިއްހީ ކަންކަން ދިމާވުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ. މި ހުރިހާ ފަހަރަކުވެސް ސިފައިން އަންނަނީ މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.