މިދިޔަ އޯލެވެލް އިމްތިހާނުގައި ކެމިސްޓްރީން އޭ* ހޯދި އުމުރުން 10 އަހަރުގެ ރަޔާން ރިޔާޒް އަށް ފުލުހުންގެ ލެބަށް ދިއުމުގެ ފުރުސަތު ލިބިއްޖެއެވެ.

ރަޔާން އަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ފުލުހުންގެ ފޮރެންސިކް ލެބޯޓްރީއަށް އޭނާ ގެންގޮސް، އެތަނުގައި މަސައްކަތްކޮށްލުމުގެ ފުރުސަތު ވެސް އޭނާ އަށް ވަނީ ދީފައެވެ.

Ad
rt

އަދި އޭނާ އަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ފުލުހުންގެ ފަރާތުން އޭނާއަށް ހަނދާނީ ފިލައެއް ވެސް އަރުވާފައިވެއެވެ.

ފުލުހުންގެ މަރުހަބާގެ މެސެޖުގައި ބުނީ "ބޯއި ޖީނިއަސް ރަޔާން އަށް މަރުހަބާ" ކަމަށެވެ. އަދި އޭނާގެ ނަތީޖާއިން އޭނާ މުޅި ގައުމު ފަހުރުވެރިކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ކާމިޔާބީ އަށް އެދޭ ކަމަށް ބުނެފައިވެއެވެ.

އުމުރުން 10 އަހަރުގެ ރަޔާން އަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ. އޭނާ ކެމިސްޓްރީ އަށް ހުރި ޝައުގު ފާހަގަވެގެންދިޔައީ، އޭނާގެ މަންމަ އައިޝަތު ޔުމްނާ އަށެވެ.

ޔުމްނާ އަކީ ސްކޫލުގައި އެ މާއްދާ ކިޔަވާދޭ މުދައްރިސެއް ވެސް މެއެވެ.