ހއ. ހޯރަފުށީ އެއާޕޯޓުގައި ޖެޓީއެއް އެޅުމަށް އެންޓީސީސީއާއި ހަވާލުކޮށްފިއެވެ.

އެމްޓީސީސީއަކީ އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ވެސް ހިންގި ކުންފުންޏެވެ. އެ ކުންފުންޏާއި ހޯރަފުށީ އެއާޕޯޓުގައި ޖެޓީއެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިއަދުއެވެ.

Ad
rt

މި ޖެޓީގެ މަސައްކަތް ހަވާލު ކުރެވުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު ވިދާޅުވީ، ހއ. އަތޮޅުގެ ގިނަރައްޔިތުންގެ އެދުމާއެކު ހޯރަފުށީ އެއާޕޯޓްގައި ޖެޓީއެޅުމަށް މިއަދު އެމްޓީސީސީ އަށް ހަވާލުކުރެވިފައިވާ ކަމަށެވެ.

ޖެޓީގެ ސަބަބުން އެއަރޕޯޓު ބޭނުންކުރާ ދަތުރުވެރިން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޝިފާއު ވަނީ ވިދާޅުވެފައެވެ.

"އެމްޓީސީސީގެ ފަރާތުން ވީހާވެސްއަވަހަކަށް މަސައްކަތްފަށައި ރައްޔިތުން ތަހައްމަލް ކުރަމުންދާ ދަތިއުދަގޫތަކުން ސަލާމަތްކުރާނެކަން ޔަގީން" ޝިފާއު ވިދާޅުވެފަވެއެވެ.

މެންބަރު ޝިފާޢު އަކީ މި ޖެޓީ އެޅުމަށް ބާރު އަޅުއްވައި ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ.

ހޯރަފުށީ އެއަރޕޯޓުގައި ވަކި ޖެޓީއެއް އަޅައިދިނުމަށް އެދި، ހއ. އަތޮޅުގެ 12 ރަށަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއަށް ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު 4 ވަނަ ދުވަހު ސިޓީއެއް ވެސް ފޮނުވާފައެވެ.

ޖެހިގެން އައިދުވަހު ރައްޔިތުންގެ މަޖިލިސްތަޅުމުގައި އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު ކުރިމަތި ކުރެއްވި ސުވާލެއްގެ ޖަވާބުގައި ހޯރަފުށީ އެއާޕޯޓަށް އަރާފައިބާނެ ފާލަމެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަކްޗަރ މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ތަރައްޤީ ކުރި ފުރަތަމަ އެއާޕޯޓް، ހޯރަފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވީ 19 ނޮވެމްބަރު 2020 ގައެވެ.