ކ. އަތޮޅު ގަމަރުގިރި ކަައިރީ އޮންނަ ދަ ރިޒް ކާޓަން ސްޕާ ރިސޯޓްގެ ވޯޓާ ވިލާއެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު މެންދުރު 12:29 ހާއިރު ކަމަށެވެ.

Ad
rt

މިހާރު އެ ރިސޯޓުގެ މުއައްޒަފުން އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާކަމުގެ މައުލޫމާތު ލިބޭކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑު ރެސްކިއު ޓީމުން ދަނީ އެ ރިސޯޓަށް ދަތުރުކުރަމުން ނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތު އަދި ނުލިބެއެވެ.