ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ށ. ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިއްޖެއެވެ.

މިއީ އެފްއެސްއެމްގެ "މެކުނު" ނަމަކަށް ކިޔާ ތެޔޮ އުފުލާ ބާޖެވެ. މި ބާޖުގައި 5 ފަޅުވެރިން އެބަތިއްބެވެ.

Ad
d

މި ބާޖު ފަރަށްއެރީ ށ. ފޯކައިދޫ އިން ފުރައިގެން ހދ. ނޭކުރެންދޫއަށް ދަތުރު ކުރަމުން ދަނިކޮށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ގިނަ އަދަދެއްގެ ޕެޓްރޯލް އަދި ޑީސެލް ބަރުކޮށްގެން ދަތުރުކުރި މި ތެޔޮ ބާޖު ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިގެން އެމްއެންޑީއެފް ނޮދާން އެރިއާ ކޯސްޓް ގާޑު ސްކޮޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައި ވަނީ މިއަދު ހެނދުނު 6:59 ގައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި މި ބާޖުގައި 10،0000 ލީޓަރު ޑީސެލް އާއި، 15،000 ލީޓަރުގެ ޕެޓްރޯލް އެބަހުއްޓެވެ. ނަމަވެސް މިހާތަނަށް އަދި އެއްވެސް ވަރަކަށް ތެޔޮ ލީކުވެފައިނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

Ad
df

މި ބާޖުގެ ވެރިފަރާތުން ބާޖު ފުންކުރުމަށް އެހެން ބޯޓެއްގެ އެހީތެރިކަން ހޯދަމުންދާކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތު ދެއްވައެވެ.