ހދ. ކުމުންދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން ކުރެހުމުގެ މުބާރާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ކުރެހުމުގެ މުބާރާތަކީ މިދިޔަ މިނިވަން ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތެކެވެ.
މި މުބާރާތް އަމާޒުކޮށްފައި ވަނީ ކުމުންދޫ ސްކޫލްގެ ދަރިވަރުންނަށެވެ. މި މުބާރާތުގެ މަޢުލޫއަކީ "މިނިވަން ދުވަސް"އެވެ.
މިގޮތުން މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ، އެ ސްކޫލުގެ ކީސްޓޭޖް 01، ކީސްޓޭޖް 02، ކީސްޓޭޖް 03، ކީސްޓޭޖް 04 ޖުމްލަ ހަތަރު ބަޔަކަށް ބަހާލައިގެން އެ ބައިތަކަށް އަމާޒުކޮށްގެންނެވެ.
އެ ހަތަރު ބައިން ވަނަ ވަނަ އަށް ހޮވިފައިވާ ފަރާތްތަކަށް ވަނީ އެ މުބާރާތް ނިންމުމަށް ބޭއްވި ނިންމުމުގެ ހަފްލާގައި އިނާމްތައް ހަވާލު ކޮށްފައިފައެވެ. މި ހަފްލާގެ ޝަރަފްވެރިއަކީ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީއެވެ. ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ވެސް ރާއީއެވެ.
މި މައުލޫމާތު ހިއްސާކުރައްވަމުން ކުމުންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ފާތިމަތު ރީނާޒް ވަނީ މި މުބާރާތް ކުރިއަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާ ކުރަށްވާފައެވެ. މިގޮތުން މެންބަރު ރާޢީގެ އިތުރުން ކުމުންދޫ ކައުންސިލް، ކުމުންދޫ ސްކޫލް، ދަރިވަރުން، ބެލެނިވެރިން، އަދި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނަން އޭނާ ފާހަގަ ކުރެއްވިއެވެ.
ރީނާޒް ވިދާޅުވި ގޮތުގައި ސްކޫލް ކުދިންނަށް އަމާޒުކުރެވިގެން ކުރިއަށް އޮތްތާވެސް ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!