ހދ. އަތޮޅުގައި މަސްވެރިންނަށް ޚާއްޞަކޮށްގެން ވެސެލް ޓްރެކިން ޑިވައިސް ފޯރުކޮއްދިނުމާއި، މަސްވެރި އުޅަނދުފަހަރުގައި ޑިވައިސް ހަރުކުރުމުގެ ޕްރޮގުރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ކުޅުދުއްފުށީ ސިޓީކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެެ.
އެގޮތުން، މިޕްރޮގްރާމްގެ ދަށުން މަސްވެރިންނަށް ޑިވައިސް ފޯރުކޮށްދިނުމާއި، މަސްވެރި އުޅަނދުފަހަރުގައި ޑިވައިސް ހަރުކޮއްދިނުމަށް ހަމަޖެހިފައިވަނީ ހިލެއެވެ.
އަދި މިކަން ކުރުމުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންނަށް ކަނޑުމަތީގައި ދިމާވާ އެމަޖެންސީ ތަކާއި، ކާރިސާތަކުގައި ސެޓެލައިޓް ފޯނު މެދުވެރިކޮށް ކަމާއި ބެހޭފަރާތްތަކާއި ގުޅުމާއި އޮޑީގެ ލޮކޭޝަން އަބަދުވެސް އެގޭނެ ފަދައިން ފެންނަށް ހުރުމެވެ.
މިގޮތުން އިއްޔެ ވަނީ ހދ. ނޮޅިވަރަމު ކައުންސިލުން އެ ރަށުގައި މިޑިވައިސް ހަރުކުރަން ބޭނުންވާ މަސްވެރިން، މަސްވެރި އުޅަނދުފަހަރުގެ މަޢުލޫމާތު އަދި އެފަރާތްތަކާއި ގުޅޭނެ ފޯނުނަމްބަރ އަންނަމަހުގެ 4 ވަނަ ދުވަހުގެ 12:00 ކުރިން އެ ކައުންސިލަށް ހުށައެޅުމަށް ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!