މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ހިއްސާދާރުންނަށް ހާއްސަ ޕޯޓަލެއް ތައާރަފުކޮށްފިއެވެ.

އެމްޓީސީސީ ޝެއާ ހޮލްޑާ ޕޯޓަލްގެ ނަމުގައި ތައާރަފު ކުރި މި ޕޯޓަލީ ހިއްސާދާރުންގެ ހުރިހާ ކަމެއް އެއްތަނަކުން ކުރެވޭގޮތަށް ތައާރަފު ކުރި ޕޯޓަލެކެވެ.

Ad
rt

މި ޕޯޓަލުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ހިއްސާދާރުންގެ ޕްރޮފައިލް މެނޭޖު ކުރުމާއި އަޕްޑޭޓު ކުރުމުގެ އިތުރުން ހިއްސާގެ ފައިދާގެ މައުލޫމާތާއި ހިއްސާގެ ފައިދާ ނެގުމާއިހިއްސާގެ ސެޓްފިކެޓް އާ ކުރުމާއި އޮފް މާކެޓުގައި ހިއްސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެއެވެ.

އެމްޓީސީސީގެ ހިއްސާދާރުންނަށް މެދުވެރިކޮށް ޕޯޓަލަށް ވަދެވޭނެއެވެ.

އެމްޓީސީސީންވަނީ މިދިޔައަހަރުގެ އެ ކުންފުނީގެ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް ތިން ރުފިޔާ ބަހަން ފާސްކޮަށްފައެވެ. ހިއްސާގެ ފައިދާ ޖަމާ ކުރުމަށްމިހާރު އެމްޓީސީސީއަށް ހުށަހެޅޭނެއެވެ.