ބިލު އޮތީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ހިތްވަރު ލިބޭގޮތަށް: ނައިވާދޫ ކައުންސިލް

ނައިވާދޫ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: ނައިވާދޫ ކައުންސިލް
ނައިވާދޫ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: ނައިވާދޫ ކައުންސިލް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލުއޮތީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިތްވަރު ލިބޭގޮތަށް ކަމަށް ހދ. ނައިވާދޫ ކައުންސިލުން ބުނެފިއެވެ.

ނައިވާދޫ ކައުންސިލުން މިހެން ބުނެފައި ވަނީ، އެކައުންސިލްގެ ނައިބު ރައީސް އަހްމަދު ފާއިޒު ފިޔަވާ އަނެއް 4 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އަކުރެއް އިތުރުކުރަން ހުށަހަޅާފައިވާ ބިލުގައި ނައިވާދޫ ކައުންސިލާއި، ރައްޔިތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރާ ކަމަށެވެ.

މިގޮތުން އެ މާއްދާގެ ސަބަބުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މާއްދާ 27 އިން ކަށަވަރުކޮށްދޭ އިސްލާމް ދީނުގެ އަސްލަކާއި ޚިލާފް ނުވާނެ ގޮތަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެންދާ ކަމަށް އެ ކައުންސިލަށް ގަބޫލު ކުރެވޭ ކަަމަށް ނައިވާދޫ ކައުންސިލުން ވަނީ ބުނެފައެވެ.

"ޤާނޫނުލްޢުޤޫބާތަށް އަދުގެ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ، އިސްލާމްދީނަށް ފުރަށްސާރަކުރާ ބަޔަކަށް ހިތްވަރު ލިބޭ ގޮތަށް އެފަދަ ފަރާތްތަކަށް ގާނޫނުން ހިމާޔަތް ލިބޭގޮތަށް ފަރުމާކޮށް ހުށަހަޅާފައިވާ ބިލެކެވެ. ވީމާ، ނައިވާދޫ ރައްޔިތުންނާއި، ކައުންސިލްގެ ނަމުގައި މި އިސްލާޙް ކުއްވެރިކުރަމެވެ." ނައިވާދޫ ކައުންސިލުން ބުނެފަވެއެވެ.

އެބަޔާނުގައި އެ ކައުންސިލުން ވަނީ އެ ބިލު އަނބުރާ ގެންދިޔުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި އެ ބިލާއި ދެކޮޅަށް ވޯޓު ދިނުމަށް ނައިވާދޫ ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލްޣަފޫރު މޫސާއަށާއި، މަޖިލީހުގެ އެހެން މެންބަރުންނަށް ގޮވާލާކަމަށް ނައިވާދޫ ކައުންސިލުން ވަނީ ބުނެފައެވެ.

ނައިވާދޫ ކައުންސިލްގައި ތިއްބަވަނީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ 4 ކައުންސިލަރުންނާއި، ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރެކެވެ.

ރާއްޖޭގެ ބައެއް އިތުރު ރަށްރަށުގެ ކައުންސިލްތަކުން ވެސް އަންނަނީ، ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިިމެދު ކަންބޮޑުވުން ފާޅޫކޮށް، އެބިލާއި ދެކޮޅަށް ބަޔާންތައް ނެރެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ހުށައަޅާފައިވާ ބިލަކީ ކުފުރެއް ފާސްކުރި މީހާޔާ އަމަލުކުރި މީހާ ފާފަވެރިވާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި