ކޯވިޑް-19އާ ގުޅިގެން ދައުލަތުން ކުރި ހޭދަ 3.3 ބިލިއަނަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާ އިރު އެ މުއްދަތުގައި ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 1.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދިއިގްތިސާދީ ކަންކަމަޡް 1.7 ބިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފައެވެ.

Ad
rt

މި ފާއިތުވި ހަފުތާގައި އޭގެ ކުރީ ހަފްތާ އާ އަޅާބަލާއިރު ސިއްހީ އަދި އިޖުތިމާއޫ ގޮތުން އެންމެ ބޮޑު ހޭދަ އެއް ކޮށްފައި ވަނީ އައިޖީއެމްއެޗުންނެވެ. ކޮވިޑްގެ ހާލަތު ގޯސްވަމުންއަންނަ އިރު، އައިޖީއެމްއެޗުގެ އޮޕަރޭޝަނަލް ކަންތައް ހަރުދަނާކޮށް ފުޅާ ކުރުމަށް 1.8 މިލިއަން ރުފިޔާ ހޭދަ ކުރިއެވެ.

ވަކިވަކި މުވައްސަސާތަކަށް ބަލާއިރު، ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރަށް ފަހު ދެން އެންމެ ބޮޑު ހޭދައެއް ކޮވިޑުގެ ހާލަތުގައި ކޮށްފައި ވަނީ ހެލްތު މިނިސްޓްރީ މެދުވެރިވެގެންނެވެ. ހެލްތުން 469 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އެމްއެންޑީއެފް މެދުވެރިކޮށް 67.6 މިލިއަން ރުފިޔާ އަދިފުލުހުންގެ މުއައްސަސާ އިން 31.1 މިލިއަންރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީކުރަމުންނެވެ. މިއާ އެކު ކޮވިޑުގެ އޮޕަރޭޝަނަލް މަސައްކަތްތަކަށް ސިއްހީ އަދި އިޖުތިމާއީ ދާއިރާ އިން ކުރާ ހޭދަ އަދި ވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ.