"ހޯޕް ޓްރެވަލްސް" އިން މާލެއާއި ތިލަދުންމަތީގެ ރަށްތަކާއި ދެމެދުކުރާ ލޯންޗު ފެރީގެ ދަތުރުތަކުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި ލޯންޗު ފެރީގެ ހިދުމަތް ދިނުމަށް ހަމަޖެފައިވާ ރަށްތަކަކީ ކުޅުދުއްފުށި، އުތީމު، ދިއްދޫ އިހަވަންދޫ، ހޯރަފުށި އަދި އުލިގަމެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ލޯންޗު ފެރީގެ ހިދުމަތް ލިބޭއިރު، ޓިކެޓެއްގެ އަގަކީ 890 ރުފިޔާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ދަތުރު މަތީގައި ހިލޭ ވައިފައިގެ އިތުރުން ހާއްސަ ސައިފޮދެއް ވެސް ލިބިގެންދާނެއެވެ.

Ad
rt

ހަފްތާގެ އާދީއްތަ އަދި އަންގާރަ ދުވަހު މާލެއިން ރަށްރަށަށް އައުމަށް ފުރާ ގަޑިއަކީ 6:15 އެވެ.

ހަފްތާގެ ހޯމަ އަދި ބުދަ ދުވަހު ރަށްރަށުން މާލެއައުމަށް ފުރާ ގަޑިތައް:-

  • އުލިގަން- 6:15
  • ހޯރަފުށި- 6:30
  • އިހަވަންދޫ- 6:35
  • ދިއްދޫ- 7:00
  • އުތީމު- 7:05
  • ކުޅުދުއްފުށި- 7:25

ހަފްތާގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކުރާ ދެކޮޅު ދަތުރުތަކަށް ފުރާ ގަޑި:-

  • މާލެ- 6:15
  • އުލިގަން- 12:30
  • ހޯރަފުށި- 12:45
  • އިހަވަންދޫ- 12:50
  • ދިއްދޫ- 13:10
  • އުތީމު- 13:15
  • ކުޅުދުއްފުށި- 13:40