ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަކީ ދިވެހިންގެ ދިރިއުޅުމަށް ބޮޑު ފަސޭހަކަމެއް ގެނެސްދީފައިވާ ކުންފުންޏެކެވެ. ''އެންމެންގެ އެސްޓީއޯ''ގެ ގޮތުގައި އެކުންފުނިން ދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ދަތިތަކެއްނެތި އަތްފޯރާފަށުން އެތައް ޚިދުމަތެއް ފޯރުކޮށް ދެމުންނެވެ.
މިގޮތުން ވިޔަފާރީގެ ރޮނގުން އެސްޓީއޯއިން ގެނެސްދީފައިވާ ޒަމާނީ ފަސޭހަތަކުގެ ތެރެއިން، އެކުންފުނިން ދަނީ ފުޅާދާއިރާއެއްގައި އެތައް ވިޔަފާރިއެއްހިންގަމުން، ރާއްޖޭގެ މާކެޓްގައި ގިނަ ރައްޔިތުން އަތްފޯރާފަށުގައި އެތަކެތީގެ އަގުތައް ބެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ.
މިއަދު އެ ކުންފުނިން އެކުރާ މަސައްކަތް އެބީދައިން ނުކުރާނަމަ ރާއްޖޭގެ ރައްޔިތުން ބޭނުންކުރާ އަސާސީއެތައް ތަކެއްޗެއްގެ އަގު ހުންނާނީ އަތްނުފޯރާ ފަށުގައެވެ. އަދި އަސާސީ ތަކެތީގެ އިތުރުން ވެސް ރައްޔިތުންގެ އާންމު ބޭނުންތަކަށް، އެކި މަސައްކަތްތަކަށް ގެންނަ އެކިޒާތްޒާތުގެ ސާމާނު އެސްޓީއޯއިން ގެނެސް ރާއްޖޭގެ ބާޒާރުގައި ނުވިއްކާނަމަ އެތަކެތިވެސް ހެޔޮއަގެއްގައި ފަސޭހައިން ހޯދުމަށް އާންމުން އޮންނާނީ ބޮޑު ތަކުލީފަކަށް ވެފައެވެ.
އެސްޓީއޯގެ މި މަސައްކަތްތަކުގެ ތެރެއިން އަނެއްކާވެސް އަތޮޅުތަކުގެ ރައްޔިތުންނަށް ލިބިގެން މިދަނީ އުފާވެރި ޚަބަރެކެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަތޮޅުތަކަށް!
އެސްޓީއޯއިން މީގެކުރީންވެސް އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އެ ކުންފުނީގެ ފިހާރަތަކުން، އަތްފޯރާ އަގުގައި ކޮންސްޓްރަކްޝަން މެޓީރިއަލްސް ރައްޔިތުންނަށް ގަންނަން ލިބޭނޭ އިންތިޒާމްތައް ވަނީ ހަމަޖައްސާފަ އެވެ.
ގެދޮރު އިމާރާތްކުރާނެ ސާމާނު ހޯދުމުގައި ރަށްތަކުގެ ރައްޔިތުންނަށް ދިމާވާއެންމެ ބޮޑު ގޮންޖެހުމަކީ ފަސޭހައިން އަމިއްލަ އަތޮޅުން، ރަށާއި ކައިރިން އެތަކެތި ލިބެން ނުހުރުމެވެ. ނުވަތަ ލިބެން ހުންނަލެއް މަދުކަމެވެ. އެހެންކަމުން އަމިއްލަ އަތޮޅުން އެ ސާމާނު ލިބޭނެގޮތްވުމީ އެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބޭނެ ވަރަށްބޮޑު ފަސޭހައެކެވެ.
އެފަސޭހަކަން ރައްޔިތުންނަށް ލިއްބައިދިނުމަށް އެސްޓީއޯއިން މިވަނީ، އެ ކުންފުނިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސް 11 އަތޮޅެއްގެ ރަށްތަކުގައި ވިއްކައިދޭނެ އޭޖެންޓުން ހޯދުމަށް ޢިއުލާންކޮށްފައެވެ. އެ އަތޮޅުތަކަކީ:
- ށ. އަތޮޅު
- ނ. އަތޮޅު
- ރ. އަތޮޅު
- ޅ. އަތޮޅު
- އއ. އަތޮޅު
- އދ. އަތޮޅު
- ވ. އަތޮޅު
- މ. އަތޮޅު
- ފ. އަތޮޅު
- ދ. އަތޮޅު
- ތ. އަތޮޅު
އެސްޓީއޯއިން ވަނީ މިއިންކޮންމެ އަތޮޅަކުން 2 އޭޖެންޓުން ހޯދުމަށް ޢިއުލާންކޮށްފަ އެވެ.
މި އަތޮޅުތަކުގައި ކޮންސްޓްރަކްޝަން މެޓީރިއަލްސް ގެ ގޮތުގައި އެޖެންޓުން ވިއްކުމަށް ހަމަޖެހިފައިވާ ބާވަތްތައް:
- ސިމެންތި
- ރާޅުވެލި
- ހިލަ
- ރިންގު ދަނގަޑު 6 އެމްއެމް
- ދަނގަޑު 10 އެމްއެމް
- ދަނގަޑު 12 އެމްއެމް
- ދަނގަޑު 16 އެމްއެމް
- ބަންނަ ނަރު
- ދަނގަޑުހޮޅި ½ އިންޗި
- ދަނގަޑުހޮޅި 1 އިންޗި
- ދަނގަޑުހޮޅި ½ 1 އިންޗި
- ބިޑި
- ޖިޕްސަން ބޯޑް
- ޕްލައިވުޑް 3.6 އެމްއެމް (ޗައިނާ)
- ޕްލައިވުޑް 5.2 އެމްއެމް (ޗައިނާ)
- ޕްލައިވުޑް 9 އެމްއެމް (ޗައިނާ)
- ޕްލައިވުޑް 12 އެމްއެމް (ޗައިނާ)
- ޕްލައިވުޑް 3.6 އެމްއެމް (މެލޭޝިޔާ)
- ޕްލައިވުޑް 5.2 އެމްއެމް (މެލޭޝިޔާ)
- ޕްލައިވުޑް 9 އެމްއެމް (މެލޭޝިޔާ)
- ޕްލައިވުޑް 12 އެމްއެމް (މެލޭޝިޔާ)
- ތައްގަނޑުފިލާ 12 އެމްއެމް (ކަޅުފިލާ)
- މަގު ފުޅާ ޓިނު (ކަލަރބޮންޑް)
- މަގު ފުޅާ ޓިނު (ޑިޔުރަޑެކް)
- މަގު ފުޅާ ޓިނު (ޒިންކްއެލްމިނިޔަމް)
- އާދައިގެ ޓިނު
- ޓިނާއި ގުޅޭ ބާވަތްތައް
(ފެންފަށް، ތިނބި، ދިޔަދޮވި، ދިޔަދޮވިކޮޅު، ފެންބޭލި، ޓިނު އިސްކުރު، ދިޔަދޮވި ފަތި، ދިޔަދޮވި ބުޅި)
އެސްޓީއޯ އަބަދުވެސް ދައްކުވައި ދެނީ، އެއީ އެންމެންގެ ކުންފުނިކަމެވެ. އެ ކުންފުނި ދެމިއޮތީ ރައްޔިތުންނާ ވަރަށް ގާތުގައި، ރައްޔިތުންގެ ޚިދުމަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!