ފިނޮޅަކުން ވެލިނަގަން ގޮސްތިއްބާ މޫސުން ގޯސްވެ، ހާލުގައި ޖެހުނު 3 ބިދޭސީއަކު އެމްއެންޑީއެފް އިން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ޅ. ހުރަވަޅި ކައިރީ އޮންނަ ފިނޮޅަކަށް ވެލިނަގަން ގޮސްތިއްބާ، މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު 3 ބިދޭސީއަކު ސަލާމަތްކޮށް ދީފައިވާ ކަމަށެވެ.

Ad
rt

މި މީހުން ހާލުގައި ޖެހިފައިތިއްބާ ފެނިފައިވަނީ އެމްއެންޑީއެފްގެ ފަޔަރ ޓީމް ޅ. ހިންނަވަރަށް ދަތުރުކުރަމުން ދިޔަ މަގުމަތީގައި 14:20 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، އެކިއެކި ކަނދުމަތީގެ ހާދިސާތައް ދަނީ މިއަދު ހިނގަމުންނެވެ.

މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން 10 ހާސް ލިޓަރު ޑީސަލާއެކު ތެޔޮ އުފުލާ ޔޮބޯޓެއް ވެސް އަޑިއަށް ގޮސްފައިވާއިރު، ވައިގަދަވުމުގެ ސަބަބުން މާލެ ކައިރީ އަޅާފައި އޮތް 68 ފޫޓްގެ ބޯޓެއް ވެސް ވަނީ ނަގިލި ކަހާލައިގެން ގޮސް ފޭދޫ ފިނޮޅުގެ ދެކުނު ފަރަށް އުރިފައެވެ.