އިދިކޮޅު ޕްރޮގްރެއްސިވް ކޯލިޝަން މިހާރުވެސް އޮތީ ރޫޅިފައި ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިހެން ވިދާޅުވީ، އިދިކޮޅު ކޯލިޝަން ބައިބައިކޮށްލުމަށް ހީލަތްތެރި ރޭވުންތައް ރާވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވުމުން، އޭނާއަށް ރައްދު ދެއްވަމުންނެވެ.

Ad
rt

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި އާދަމް ޝަރީފްގެ މި ވިދާޅުވުން ނޫހަކުން ގެނެސްދީފައިވާ ޚަބަރު ހިމަނުއްވައި ޓުވީޓަކުން ރައްދު ދެއްވަމުން ޝިފާޢު ވިދާޅުވީ، އިދިކޮޅު ކޯލިޝަން ރޫޅޭނީ މިހާރުވެސް އެ ކޯލިޝަން ނުރޫޅި އޮތް ނަމަކަމަށެވެ.

"ރޫޅޭނީ އެއްކޮށް އޮތް އެއްޗެއް. އިދިކޮޅުއޮތީ ރޫޅިފައި. އުއްމީދަކީ އެކުގައޮތް ވަރުގަދަ އިދިކޮޅުސިޔާސީ ހަރަކާތެއްވެސް މިޤައުމުން ފެނުން."

ޝިފާއު ވިދާޅުވިއެވެ.

ޝިފާއު މިހެން ވިދާޅުވިއިރު، އިދިކޮޅު ބައިބައި ކޮށްލަން ބަޔަކު މަަަސައްކަތް ކުރަމުންދާ ކަމަށް ފާއިތުވި ދެ ދުވަހަކު އިދިކޮޅު ކޯލިޝަންގެ އިސް ލީޑަރުން ދައްކަވާ ވާހަކައިގެ އަޑު ވަނީ ގަދަވެފައެވެ.

ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދު ﷲ ޔާމީން އަބުދުލްގައްޔޫމް ވެސް ވަނީ އެ މަނިކުފާނު ނެތް ނަމަވެސް، އެ ޕާޓީގެ މައްޗަށް "މިނިކާ ބާޒުތަކެއް" ސަވާރުވެ ނުދިނުމަށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ވިދާޅުވެފައެވެ.