ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް ގެ އިންޓަނެޓް ބޭންކިން އާއި ޕީއޯއެސް މެޝިން ތަކުގެ ހިދުމަތަށް ބުރޫ އަރައިފި އެވެ.

ބޭންކުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ޓެކްނިކަލް މައްސަލަ އެއް ދިމާވުމާ ގުޅިގެން އެ ބޭންކްގެ ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ބޭންކުގެ ފަންނީ މުވައްޒަފުން މިހާރު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

Ad
rt

މިއަދު މެންދުރުން ފެށިގެން ބޭންކުގެ ޕީއޯއެސް މެޝިންތަކާއި އިންޓަނެޓް ބޭންކިން އިން ދޭ ހިދުމަތްތަކަށް ބުރޫ އެރުމާއި ގުޅިގެން ބައެއް ފިހާރަތަކާއި ރެސްޓޯރަންޓުތަކުގެ ހިދުމަތްތައް ވެސް ވަނީ ހުއްޓިފަ އެވެ. އޭގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ވަނީ ދައްޗާ ކުރިމަތިވެފަ އެވެ.

ފަހަކަށް އައިސް ބީއެމްއެލްއިން އަންނަނީ ދަންވަރުގެ ވަގުތު ތަކުގައި ޚިދުމަތް އަޕްގުރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ބަޔެއް ޚިދުމަތްތަށް މެދުކަނޑާލަމުންނެވެ. މީގެ ދެރޭ ކުރިންވެސް ބަޔެއް ޚިދުމަތްތަކަށް ވަނީ ބުރޫ އަރާފަ އެވެ.