ފަރުވާދެމުން ދަނިކޮށް ރޭ ދ.އަތޮޅު ހޮސްޕިޓަލުގައި މަރުވި މީހަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިއީ ރާއްޖެއިން މިބަލީގައި މަރުވި 38 ވަނަ މީހާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފި އެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 60 އަހަރުގެ ފިރިހެނަކު ރޭ 9:45 އެހާކަންހާއިރު މަރުވެފައިވާ ކަމަށެވެ. އަދި އެއީ ކޯވިޑް މަރެއް ކަމަށް ނިންމާފައިވާކަމަށް ވެސް ބުނެފައިވެއެވެ.
ކަނޑިންމަ ރިސޯޓުން ހާލުބޮޑުވެގެން ރޭ ކުޑަހުވަދޫއަށް ގެންދިޔަ މީހާ އަކީ ދ.މާއެނބޫދޫއަށް ނިސްބަތްވާ މީހެކެވެ. އެމީހާއަކީ އެރިސޯޓުގެ މުވައްޒަފެކެވެ.
އެ މީހާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން އިނގިފައިވަނީ ނިޔާވި ފަހުން ނެގި ސާމްޕަލުންނެވެ. އަދި އެސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ އެމީހާ ވަޅުލި ފަހުން މިއަދުގެ ވަގުތެއްގައިކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!