ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރަށްވާ ޝިޔާމް ހޮސްޕިޓަލުން ގެއަށް ދޫކޮށްލީ އިއްޔެއެވެ.
އެކަމާއި ގުޅިގެން ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ވަނީ ޝިޔާމް ގެއަށް ދޫކޮށްލާފައިވާ ކަމަށާއި އަދި އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ބުނެފަ އެވެ.
ޕީޕީއެމުން ވަނީ ޝިޔާމަށް އަވަސް ޝިފާއަކަށް އެދި މެސެޖުކުރި ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
ޝިޔާމް ހާލު ދެރަވާން ފެށީ އޮކްޓޯބަރު 27 ވަނަ ދުވަހު މަޖިލިސްގެ ކުޑަ ދޮށުގައި އިންނަވަނިކޮށެވެ. އެއާއިއެކު ވަގުތުން އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދޭން ފަށާފަ އެވެ.
ޝިޔާމް ކުއްލި ގޮތަކަށް ހާލު ބޮޑުވި ހާދިސާއާއި ގުޅިގެން އެދުވަހު އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ މީޑިއާއަށް ވިދާޅުވީ ޝިޔާމަށް ސްޓްރޯކެއް ނުޖެހޭކަމަށާއި، އަދި ހޮސްޕިޓަލްގެ އިމަޖެންސީގައި ފަރުވާ ދެމުން ދަނީ ވަރަށް ބޮޑަށް ހުން ގަދަވެ މަޖިލީހުގައި އިންނެވޭ ވަރު ނުވެގެން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!