2003 ސެޕްޓެމްބަރު 19-20 ހާދިސާ ހަނދާން އައު ކުރަމުން ދަނީ ރައީސް މައުމޫން އަބުދުލް ޤައްޔޫމާއި ޒާތީ ވެގެން ނޫން ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް އަޙްމަދު) ވިދާޅުވެއްޖެއެވެ.

2003 ސެޕްޓެމްބަރު 19-20 ގައި މާފުށީ ޖަލުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާތައް ހިނގާ ދިޔައިރު އޮތީ ރައީސް މައުމޫންގެ ވެރިކަމެވެ.

Ad
rt

ދޮންބިލެއް އަޙްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރު 19 ގެ ހާދިސާ ހަނދާން އައު ކުރަމުން ދަނީ އެއްގޮތަކަށް ވެސް ރައީސް މައުމޫނާއި ޒާތީ ވެގެން ނޫން ކަމަށެވެ.

އެދުވަސް ހަނދާން އައު ކުރަމުން ދަނީ އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށާއި، އިބްރަތަކަށް ޓަކައި ކަމަށް ވެސް ދޮންބިލެތް އަޙްމަދު ވިދާޅުވިއެވެ. އަދި "އަނިޔާ ނުކުރަމާ" ދޮންބިލެތް ވިދާޅުވެފައި ވެއެވެ.

2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މާފުށީ ޖަލުގައި ވަނީ އުމުރުން 19 އަހަރުގެ ޒުވާން އީވާން ނަސީމު މަރާލާފައެވެ. އެއާއިއެކު ޖެހިގެންއައި ސެޕްޓެމްބަރު 20 ވަނަ ދުވަހު ވަނީ ޖަލުގައި ހަމަނުޖެހުން ހިނގައި، އިޙްތިޖާޖުކުރި އިތުރު ގައިދީން ތަކެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ.

އެދުވަހާއި ގުޅިގެން ވެރިކަންކުރާ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި 2003 ވަނަ އަހަރު މާފުށީ ޖަލުގައި ހިނގި ބަޑިޖެހި ހާދިސާގެ ޙަޤީޤަތް ރައްޔިތުންނަށް އަދިވެސް ސާފުވާން ޖެހިފައިވާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.